ޑރ އަފްރާޝީމް އަލީގެ މަރާލިކަމަށް އިއުތިރާފްވެ، މަރަން ހުކުމްކޮށްފައިވާ ހުސައިން ހުމާމުގެ މައްސަަލައިގެ އިސްތިއުނާފުގެ މަޖިލީހުގައި އޭނާގެ ވަކީލު އަބްދުﷲ ހަސީން އިއްޔެ ދެއްކެވި ވާހަކަތަކާއި ގުޅިގެން ހަސީން މިއަދު ހައި ކޯޓަށް ހާޒިރުކޮށްފިއެވެ.
އޭނާ ކޯޓަށް ހާޒިރުކޮށްފައިވަނީ މިއަދު 11:15 ހާއިރުއެވެ.
ހުމާމް މަރަން ދަށު ކޯޓުން ކުރި ހުކުމަށް ތާއީދުކޮށް ހައި ކޯޓުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ހުކުމްކޮށްފައިވާއިރު ހައި ކޯޓުން މައްސަލަ ނިންމި ގޮތުގެ ރިޕޯޓް ނުލިބޭ ހަސީން ވަނީ އިއްޔެ ވިދާޅުވެފައެވެ. މިކަމާއި ގުޅިގެން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވީ، އެ ރިޕޯޓް ހޯދުމަކީ އަމިއްލައަށް ކުރަންޖެހޭ ކަމެއް ކަމުން އެ މަސައްކަތް ހުމާމްގެ ފަރާތުން ކުރުމަށެވެ.
ހުމާމްގެ އިސްތިއުނާފް ޝަރީއަތުގައި ސުޕްރީމް ކޯޓުގައި ހަސީން އިއްޔެ ވިދާޅުވެފައިވަނީ ހައި ކޯޓުން މައްސަލަ ނިންމި ގޮތުގެ ރިޕޯޓް އޭނާއަށް ލިބިވަޑައިނުގަންނަވާ ކަމަށެވެ. އެއާ ގުޅިގެން ހައި ކޯޓުން ބުނެފައިވަނީ އެ ރިޕޯޓް މިދިޔަ އޮކްޓޫބަރު މަހު ހުމާމްގެ އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ.
ހަސީން ވިދާޅުވީ ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލީހުހައި އޭނާ ވިދާޅުވެފައި ވަނީ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި ލިޔުންތަކުގެ ތެރެއިން އޭނާ އަށް ލިބިފައިވާ ލިޔުންތަކުގެ ތެރޭގައި ހައިކޯޓުން ޝަރީއަތް ނިންމިގޮތުގެ ރިޕޯޓު ނެތް ކަމުގައި ކަމަށެވެ.
ހުމާމްގެ މަރުގެ ހުކުމް އޭނާގެ ފަރާތުން ސުޕްރީމް ކޯޓަށް އިސްތިއުނާފް ނުކުރުމުން އެ މައްސަލަ އެ ކޯޓަށް ހުށައަޅާފައިވަނީ ދައުލަތުންނެވެ.
ހުމާމްގެ ވަކީލު އިއްޔެ ސުޕްރީމް ކޯޓުގައި ދެއްކެވި ވާހަކައާއި ގުޅިގެން ހައިކޯޓަށް ހާޒިރު ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ