އިނގުރައިދޫ ކައުންސިލްގެ ފުރަތަމަ މަދަހަ މުބާރާތުގެ 1 ވަނައަށް ޝައިމާ
މުޅިން އަލަށް މިއަހަރު ފެށި މި މުބާރާތް ފަށާފައިވަނީ މި ރަމަޟާން މަހުގެ 13 ވަނަ ދުވަހުއެވެ. ޖުމުލަ 120 ބައިވެރިން ބައިވެރިވެފައިވާ މި މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާ މިއަދު ވަނީ ބާއްވާފައެވެ. މި ޖަލްސާގައި މުބާރާތުގެ އެކި ވަނަތަކަށް އައި ފަރާތްތަކަށް އިނާމު ހަވާލުކުރުން އޮތެވެ. މުބާރާތުގެ ވަނަތައް:1 ވަނަ ޝައިމާ އަޙްމަދު ޝަފާޒު، އުންމީދު ރ. އިނގުރައިދޫ2 ވަނަ ޙަސަން މާއިލް، ނައިޓްސްޓަރ ރ. އިނގުރައިދޫ3. ވަނަ ޢާލިމާ ޤާސިމްފުޅު، ވަސްމީރު ރ. އިނގުރައިދޫއިނގުރައިދޫ ކައުންސިލުން ބުނީ، މި މުބާރާތަކީ ރައްޔިތުންގެ މެދުގައި ދީނީ އަދި އަދަބިއްޔާތަށް ލޯބިޖައްސާ، މަދަހަ ކިޔުމުގެ ފަންނު ކުރިއެރުވުމުގެ މަގުސަދުގައި ބާއްވަން ނިންމި މުބާރާތެއް ކަމަށެވެ. އަދި މި މުބާރާތް ކުރިޔަށްއޮތް އަހަރުތަކުގައި ވެސް ކުރިޔަށް ގެންދަން ނިންމާފައިވާކަމަށް ވެސް އެ ކައުންސިލުން މައުލޫމާތު ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ