ސުވާލު: އެއްބަނޑު އެއްބަފާ މީހުންނާ ތިންދުވަހަށްވުރެ ގިނަ ދުވަހު ވާހަކަ ނުދައްކައި ހުރެގެން ކުރާ ނަމާދު ރަނގަޅުވާނެތޯ؟ މިގޮތަށް ވާހަކަ ނުދައްކައި ތިންދުވަހަށްވުރެ ގިނަދުވަސްވާނަމަ މީ ދީނީގޮތުން ކޮންކަހަލަ ކަމެއްތޯ؟ އޭގެ ތެރޭގައި މިގޮތަށް އެކަކު އަނެކަކު ވާހަކަ ނުދައްކައި އުޅުމަކީ ކޮންކަހަލަ ކަމެއްތޯ؟
ޖަވާބު:. އާދެ! އެއްބަނޑު އެއްބަފާ އެކަންޏެއް ނޫން އަދި ދުރުހިލޭ މީހުންކަމުގައި ވީނަމަވެސް ރުޅިއައިސްގެން ތިންދުވަހަށްވުރެން ގިނަ ދުވަސްވަންދެން ވާހަކަ ނުދައްކާހުރުމަކީ އެއީ ހުއްދަވެގެންވާ ކަމެއްނޫން.
رَسُوْلُ الله صَلّى الله عَلَىهِ وَسَلّمْ ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގައި އަންނަނީ " لَا يَحِلُّ لِمُسْلِمٍ أَنْ يَهْجُرَ أَخَاهُ فَوْقَ ثَلَاثِ" އެއްވެސްމުސްލިމަކާ " لَا يَحِلُّ لمؤمن يُغْلِبُ بِالله وَالْيَوْمِ الآخر" ﷲ އަށާއި ޢާޚިރަތް ދުވަހަށް އީމާންވެގެންވާ އެއްވެސް މުއުމިނަކަށް ހުއްދަ ވެގެންވާކަމެއްނޫނޭ އޭނާގެ އަޚާ ދެކެ ރުޅިއައިސްގެން ތިންދުވަހަށްވުރެން ގިނަ ދުވަސް ވަންދެން ވާހަކަނުދައްކާ ހުރުން އެއީކީއެއް،
އެހެންވީމައި ވަރަށް ބޮޑު ޙަރާމް ކަމެއް ޙަޤީޤަތުގައި އެގޮތަށް ރުޅިއައިސްގެން ވާހަކަނުދައްކާ ތިންދުވަހަށްވުރެ ގިނަދުވަސްވަންދެން ހުރުން، ދެން ޙަދީޘްގައި އަންނަނީ އޭގެތެރެއިން އެއްމެ ހެޔޮ މީހަކީ އިސްވެ ވާހަކަ ދައްކަން ފަށާ މީހާއެވެ. އިސްވެ ސަލާމްކޮށް ވާހަކަ ދައްކަންފަށާ މީހާ އެއްޔޭ އެންމެ ރަނގަޅު އެންމެ ހެޔޮ މީހަކީ އެމީހުންގެ ތެރެއިން އެހެންވީމާ އަކަކު ރުޅިއައިއްސަ ހުރިކަމުގައި ވީނަމަވެސް އަނެކަކު އެކަމުގައި ހަމަ ގޮތް ދޫނުކޮށް ހިފެހެއްޓުމުގެ ބަދަލުގައި އޭނާ އަމިއްލައަށް އިސްވެ ސަލާމް ގޮވާ ވާހަކަ ދައްކަން މަސައްކަތް ކުރަންވާނެ
ދެން މަސައްކަތް ކޮށްގެންވެސް އޭނާ އެކަމަށް އިޖާބަ ނުދިނީމައި ދެން އެހިސާބުން އޭނާއެކަމުގެ ޒިންމާ ނަގަންޖެހޭނީ. ތިމާމީހާގެ ވާޖިބު އެއޮތީ އަދާކުރެވިފައި ދެން އަދި މިފަދަ ފާފައެއްގެ މަތީގައި މީހާ ދެމިހުރި ކަމުގައި ވީނަމަވެސް އޭގެމާނައެއްނޫން އެއްވެސް ޙާލެއްގައި އޭނަ ކުރާ ނަމާދާއި އެނޫންވެސް އަޅުކަންތައް ޤަބޫލް ނުކުރައްވާނެއެކޭ، އެކަންތައްތަކަކާއި މިކަމަކާ އެއްވެސް ކަހަލަ ގުޅުމެއްނެތް އެކަންހަމަ ނަމާދު ޞައްޙަވާނެ إنشاء الله އެއްވެސް މައްސަލައެއް ނުޖެހޭނެ.
އެހެންނަމަވެސް ނަމާދުން ލިބެންވާ އެންމެ ފުރިހަމަ ބަރަކާތް އޭނާއަށް ނުލިބޭތީ ޙަޤީޤަތުގައި އެގޮތަށްއެކަންތައް ވަނީ. ނަމާދަކީ އެއީ އެންމެހާ ފާޙިޝް ކަންތައްތަކާ މުންކަރާތަކުން މީހާ ސަލާމަތްކޮށް ދުރުހެލިކޮށްދޭނެ ކަމެއްކަމުގައި އޮވޭ، އެހެންވީމާ ނަމާދު ބަރާބަރަށް ކުރަންވާގޮތަށް ކުރާކަމަށް ވަނީނަމަ އެފަދަ ކަމެއްގެ މަތީގައި ދެމިހުރުމަކީ އެއީ ކުރެވޭނެ ކަމެއްނޫން، އެމީހާގެ ހިތް އެކަމަކަށް ޤަބޫލެއްނުކުރާނެ އެކަން އެމީހެއްގެ ހިތް އެކަން މަނާކޮށް އެކަން ރަނގަޅު ކުރުމަށް އެނާއަށް ބާރު އަޅަމުން ގެންދާނެ.
- ޖަވާބުދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
އެއްބަނޑު އެއްބަފާ މީހުންނާ ތިންދުވަހަށްވުރެ ގިނަ ދުވަހު ވާހަކަ ނުދައްކައި ހުރެގެން ކުރާ ނަމާދު ރަނގަޅުވާނެތޯ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ