މައުމޫންގެ ހިތްވަރަށް ޝުކުރު ދަންނަވަން: ގާސިމް

ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ހިތްވަރަށް ޝުކުރު ދަންނަވާ ކަމުގައި ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ގާސިމް ޝުކުރު ދަންނަވާފައިވަނީ މިރޭ އެ ބޭފުޅާގެ ޓްވިޓާ މެދުވެރިކޮށް ކުރެއްވި ޓްވީޓެއްގައެވެ.
ޓްވީޓްގައި ގާސިމް ވިދާޅުވީ " ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގަ 30 އަހަރު ޤައުމާއި ރައްޔިތުންނަށް ޚިދުމަތް ކުރެއްވި ރައީސް އަލްއުސްތާޒް މައުމޫން ޢަބްދުލްޤައްޔޫމް އުމުރުފުޅުން 82 އަހަރުގަ ނުހައްގުން ޖަލު ބަންދުގަ ހުރުމަކީ ލަދުވެތިކަމެއް. ރައީސް މައުމޫންގެ ހިތްވަރަށް ޝުކުރު ދަންނަވަން. ސިޔާސީ ހައްޔަރީން މިނިވަން ކުރަންޖެހޭ" މިފަދައިންނެވެ.
Raajjeyge Raeesuljumhooriyyaa kamuga 30 aharu qaumaa rayyithunnah khidhumaiy kurevvi Raees Al Usthaz Maumoon Abdul Qayyoom umurufulhun 82 aharuga nuhaqqun jalu bandhuga hurumakee ladhuvethi kameh. Raees Maumoonge hivvarah shukuru dhannavan. Siyaasee hayyareen minivan kuran jehey. pic.twitter.com/ZGFmtP6xxH
— Qasim Ibrahim (@qasimibrahim) August 5, 2018
ރައީސް މައުމޫން ޖަލުގައި ހުންނަވާތާ 180 ދުވަސް ވެފައިވާއިރު އެ މަނިކުފާނުގެ ބަންދާއިމެދު ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
މިއަދު ރައީސް މައުމޫންގެ ދަރިކަނބަލުން ދުންޔާ މައުމޫން ވެސް ވަނީ ކުރެއްވި ޓްވީޓެއްްގައި ބައްޕާފުޅު ނެތި 180 ދުވަސް ވެއްޖެ ކަމަށާއި ކޮންމެ ދުވަހަކުވެސް އުފާވެރި ޚަބަރެއް ލިބޭނެ ކަމަށް އުއްމީދު ކުރެވޭ ކަމަށް ވިދާޅުވެފައެވެ. އަދި އެ ކަމަނާގެ ބައްޕާފުޅު އަވަހަށް ގެޔަށް ވަޑައިގަތުމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވެފައެވެ.
180 days! Everyday I hope for some good news & to see you home soon Bappa @maumoonagayoom! Insha Allah. #FatheroftheNation. https://t.co/dqtZYg7n7n pic.twitter.com/CqjDVmJCrE
— Dunya Maumoon (@dunyamaumoon) August 5, 2018
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ