އިންތިހާބު ކާމިޔާބު ކުރާނީ 80 އިންސައްތައަށް ވުރެ މަތިން: ގާސިމް

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބު އިދިކޮޅު އިއްތިހާދުން ކާމިޔާބުކުރާނީ 80 އިންސަައްތައަށްވުރެ ގިނަ ވޯޓުންކަމަށް ޖުމްހޫރީ ޕާޓީގެ ކުރީގެ ލީޑަރު އަދި ވިލާ ގްރޫޕްގެ ޗެއާމަން ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގައި އިއްތިހާދުގެ ފަރާތުން ކެންޑިޑެޓެއްގެ ގޮތުގައި އެމްޑީޕީގެ އިބްރާހިމް މުހައްމަދު ޞާލިހް ވާދަ ކުރައްވާއިރު ރަނިންމޭޓެއްގެ ގޮތުގައި ވާދަ ކުރައްވަނީ ޖުމްހޫރީ ޕާޓީގެ ފައިސަލް ނަސީމެވެ.
ޖުމްހޫރީ ޕާޓީގެ 10 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގައި ސްކައިޕް މެދުވެރިކޮށް ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ މިވެރިކަމުގައި މުޅި ގައުމު ބޮޑު އަނދަވަޅަކަށް ވައްޓާލާފައިވާ ކަމުގައެވެ. އަދި ރާއްޖޭގައި އިންސާފު ނުލިބޭ ކަމަށާއި އެކަމާއި ރައްޔިތުން އިންތިހާއަށް ކަންބޮޑުވެފައިވާއިރު މިހާލަތަށް ވައްޓާލައިގެން ތިބުމުގެ ފުރުސަތު ސަރުކާރަށް ނުދެއްވާނެެކަމަށް ގާސިމް ވިދާޅުވިއެވެ.
އިންތިހާބުގެ ކުރިން މިހާރު ކުރަން ޖެހޭ އެންމެ މުހިއްމު ކަމަކީ ރީ ރަޖިސްޓްރޭޝަން ގެ މައްސަކަތް ކަމަށާއި އެކަމަށް އްސަ ސަމާލުކަމެއް ދިނުމަށް ގާސިމް އިލްތިމާސް ކުރެއްވިއެވެ. އަދި ރިޝްވަތުގެ ފަައިސާއަށް ރައްޔިތުން ވޯޓް ވިއްކާނުލުމަށްވެސް ގާސިމް ވަނީ އެދިވަޑައިގަންނަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ