އިންޖީނުގެ ހޫނު ވައިން ސާފު ބޯފެން އުފައްދަން ފަށައިފި

އިނގިރޭސި ވިލާތުގެ "އަކުއިވާ ފައުންޑޭޝަން" އާއި ސްޓެލްކޯ ގުޅިގެން ކ. ގުޅީގައި ކުރި ތަހުލީލުތަކަށްފަހު އިންޖީނުން ބޭރުވާ ހޫނު ވައި ބޭނުންކޮށްގެން ސާފު ބޯފެން އުފައްދަން ފަށައިފި އެވެ.
ގުޅީ ކަރަންޓް ދޫކުރަމުންދާ އިންޖީނުން ބޭރުވާ ހޫނުވައި ބޭނުންކޮށްގެން އުފައްދާފައިވާ ފެނަށް ދީފައިވާ ނަމަކީ "އަކުވިއާ ފުށި" އެވެ. ގުޅީގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި އެ ފެން ނެރެދެއްވީ ހެލްތް މިނިސްޓަރު ޑރ. މަރިޔަމް ޝާކީލާ އެވެ. ކ. ގުޅި: އިންޖީނުގެ ހޫނު ވައި އުފައްދާ "އަކުވިއާ ފެނުގެ" ރަހަ މިނިސްޓަރު ޑރ. ޝަކީލާ ބައްލަވާލައްވަނީ--- ސަން ފޮޓޯ/ މުރުޝިދު އަބްދުލްހަކީމް
ޝަކީލާ ވިދާޅުވީ ލޮނު ފެނުން ސާފު ބޯފެން އުފެއްދަން ފެށުނުކަމީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.
"ރާއްޖެއަށް އެތެރެކުރާ 80 ޕަސެންޓް ޑީސަލް ހަރަދު ކުރެވެނީ ކަރަންޓް އުފެއްދުމަށް. އަދި މީގެ ތެރެއިން 33 އާއި 38 ޕަސެންޓް ފިޔަވާ މި ދަނީ ހޫނުގެ ގޮތުގައި ދުނިޔެ ހޫނު ކުރުމަށް ބޭރުވަމުން. އެހެން ކަމުން މި ބޭކާރުވެގެންމި ދާ ހޫނު ބޭނުންކޮށްގެން އަޅުގަނޑުމެނަށް ފެން އުފެއްދުމަކީ އަޅުގަނޑުމެނަށް ލިބޭ ވަރަށް ބޮޑު ކާމިޔާބީއެއް ކަމުގައި އަޅުގަނޑުދެކެން،" ކުރީގެ އެނާޖީ މިނިސްޓަރު ޝަކީލާ ވިދާޅުވި އެވެ. ކ. ގުޅި: އިންޖީނުގެ ހޫނު ވައިން އުފައްދާ "އަކުވިއާ ފެން" ތައްޔާރު ކުރާ ގޮތް މިނިސްޓަރު ޑރ. ޝަކީލާ ބައްލަވާލައްވަނީ--- ސަން ފޮޓޯ/ މުރުޝިދު އަބްދުލްހަކީމް
މިނިސްޓަރު ވިދާޅުވީ މިދިޔަ އަހަރުން ފެށި މި މަޝްރޫއު ނިންމައި ފެން އާންމުނަށް ފޯރުކޮށްދޭން ފެށުމަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ ކަމެއް ކަމުގަ އެވެ. ކ. ގުޅި: އިންޖީނުގެ ހޫނު ވައިން އުފައްދާ "އަކުވިއާ ފެން" ތައްޔާރު ކުރާ ގޮތް މިނިސްޓަރު ޑރ. ޝަކީލާ ބައްލަވާލައްވަނީ--- ސަން ފޮޓޯ/ މުރުޝިދު އަބްދުލްހަކީމް
ސްޓެކްލޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުގްނީ ވިދާޅުވީ އިންޖީނުން ބޭރުވާ ހޫނުން ސާފު ބޯފެން އުފައްދަން ފެށުމަކީ ސްޓެލްކޯއަށް ލިބިގެން ކުރި އެރުމެއް ކަމަށެވެ. އަދި މިއަދު ގުޅީގައި ފެށުން މި މަޝްރޫއު އިތުރުރަށް ރަށްތަކަށް ފުޅާކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިލޮނު ފެން ބޭނުންކޮގެން އުފައްދާފައިވާ ސާފު ބޯފެން، "އަކުއިވާ" މިއަދު ވަނީ ރަށު ސްކޫލަށް ދޫކުރަން ފަށާފަ އެވެ.ކ. ގުޅި: އިންޖީނުގެ ހޫނު ވައިން އުފައްދާ "އަކުވިއާ ފެން" ތައްޔާރު ކުރާ ގޮތް މިނިސްޓަރު ޑރ. ޝަކީލާ ބައްލަވާލައްވަނީ--- ސަން ފޮޓޯ/ މުރުޝިދު އަބްދުލްހަކީމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ