އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރު ކަމުން އިސްތިއުފާ ދެއްވި މުހައްމަދު ޝަކީލް، އިކޮނޮމިކް މިނިސްޓްރީ އަށް މިއަދު ބަދަލު ކުރައްވައިފިއެވެ.
އިލެކްޝަންސް ކޮމިޝަން ގެ މެމްބަރު ކަމުން ޝަކީލް އިސްތިއުފާ ދެއްވައި، އޭނާގެ ސިޓީ ރައީސް އޮފީހަށް ހުށަހެޅީ މިއަދު މެންދުރެވެ.
ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކޮށްފައި ވެފައި ވަނިކޮށް ، އިލެކްޝަންސް ކޮމިޝަނަށް ބަދަލުތަކެއް މި ގެންނަނީ އެ ކޮމިޝަނުގެ މިނިވަންކަމާ މެދު ސުވާލު އުފައްދައި، އިދިކޮޅު ފަރާތްތަކުގެ ޝަކުވާ ބޮޑުވެފައި ވަނިކޮށެވެ.
އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި އެ ކޮމިޝަން ހިންގަމުން ދަނީ ވެރިކަން ކުރާ ޕީޕީއެމްގެ އޮފީހެއްގެ ގޮތުގައެވެ. އެ ހާލަތުގައި މިނިވަންކަމާއި އިންސާފުވެރިކަމާ އެކު އިންތިހާބު ނުބޭއްވޭނެ ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.
އިލެކްޝަންސް ކޮމިޝަނުގައި މިހާރު ތިބި މެންބަރުން ތިބެގެން ރާއްޖޭގައި މިނިވަން އިންތިޚާބެއް ނުބޭއްވޭނެ ކަމަށް އިދިކޮޅުން ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
އިލެކްޝަން ކޮމިޝަނުގެ ރައީސަކަށް ހުންނެވި އަހްމަދު ސުލައިމާން ވެސް މީގެ މަހެއްހާ ދުވަސް ކުރިން ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އޭނާ ފަހުން ވަނީ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އައްޔަން ކުރައްވާފައެވެ. އޭނާ އަކީ މިހާރު އެ ކޮމިޝަނުގެ ރައީސެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު ކަމުން ޝަކީލް އިސްތިއުފާ ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ