ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އާއި އިތުރު މެމްބަރުންތަކެއްގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.
މިއަދުގެ 11:30 އަށް ފުލުހުންގެ އިދާރާއަށް ހާޟިރުވެ ވަޑައިގެންނެވުމަށް ފަހު، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ، އޭނާ އާއި ރައްޔިތުންގެ މަޖިލީހުގެ އިތުރު މެމްބަރުންތަކެއްގެ ޕާސްޕޯޓު ހިފަހައްޓާފައި ވާކަމަށެވެ. އަދި ޕާސްޕޯޓް ހިފަހައްޓާފައި ވަނީ، ރާއްޖެއިން ފުރައިގެން ދާން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މައުލޫމާތު ލިބިގެން ކަމުގައި ބުނެފައިވާކަމަށެވެ. މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ، އޭނާ ރާއްޖެއިން ބޭރަށް ފިލައިގެންދާން ނޫޅޭ ކަމަށެވެ.
މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ، އޭނާ މިއަދު ފުލުހުންގެ އިދާރާއަށް ހާޟިރުކުރީ މިމަހުގެ 16 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންނެވީ އޭނާކަން ކަށަވަރު ކުރެއްވުމަށް ފޮޓޯ އާއި އަޑުގެ ސާމްޕަލް ނެގުމަށް ކަމަށެވެ. މެމްބަރު އިމްތިޔާޒާއި ދެކޮޅަށް ތަހުޤީޤު ހިންގަނީ ނޫސްވެރިންގެ އެބައްދަލުވުމުގައި، ރާއްޖޭގެ ހުރިހާ ރަށްތަކުން މަގުތަކަށް މީހުން ނިކުތުމަށާއި ސަރުކާރާ ދެކޮޅަށް އަޑުއުފުލާ މުޒާހަރާ ކުރުމަށް ހިތްވަރުދީ ވާހަަކަ ދައްކަވާފައިވާތީއެވެ.
މިމައްސަލައިގައި މިދިޔަ އަންގާރަދުވަހުވެސް އިންތި ފުލުހުންގެ އިދާރާއަށް ހާޟިރުކުރިއެވެ.
އިމްތިޔާޒު ފަހުމީ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހާއި ސުޕްރީމްކޯޓުގެ އަޅުވާފައިވާ ތަޅު ނައްޓާލަން ޖެހޭ ކަމަށާއި، މިސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރަން ޖެހ ޭކަމަށެެވެ.
މީގެ އިތުރުން އިންތި ވިދާޅުވީ، ރައީސް ޔާމީނުގެ މައްޗަށް ކުރެވޭ ކޮރަޕްޝަނުގެ މައްސަލަތައްވެސް ބަލަން ޖެހޭ ކަމަށެވެ. ހަމައެކަނި ތުހުމަތު ކުރެވެނީ ނޫންކަމަށާއި ހެކިވެސް ލިބިފައިވާ ކަމުގައި އިންތި ވިދާޅުވިއެވެ. ރައީސް ޔާމީނުގެ އެކައުންޓަށް ޚިޔާނާތުގައި ބައިވެރިވި ކުންފުންޏަކުން 1 މިލިއަން ޑޮލަރު ޖަމާކޮށްފައިވާއިރު އެފައިސާވެސް ރައްޔިތުންނަށް ހޯދައިދޭން ޖެހޭ ކަމުގައި އިމްތިޔާޒު ފަހުމީ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ ޕާސްޕޯޓު ހިފަހައްޓާފައި ވާއިރު މިހާރުވެސް 12 މެމްބަރެއްގެ ގޮނޑިގެއްލުވާލައި ހަތަރު މެމްބަރަކު ޖަލުގައި ބަންދުކޮށްފައި ވާއިރު، އިދިކޮޅު އިއްތިހާދުގެ ހަރަކާތްތަކުގެ އިސްބައިވެރިންގެ ޕާސްޕޯޓުތައްވެސް ސަރުކާރުން ދަނީ ހިފަހައްޓަމުންނެވެ.
މެމްބަރު އިމްތިޔާޒު ފަހުމީގެ ޕާސްޕޯޓު ހިފަހައްޓައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ