ކުރީގެ ރައީސް ނަޝީދާއި އަދި އެހެނިހެން ސިޔާސީ ކުށްވެރިން މިނިވަންކުރުމަށް ސުޕްރީމް ކޯޓުން ނެރުމާއި ގުޅިގެން އެކަމަށް ޖެރަޑް ގެންސާ މަރުހަބާ ވިދާޅުވެއްޖެ

ރާއްޖޭގެ ސިޔާސީ ކުށްވެރިން ބަންދުން ދޫކޮށްލުމަށް ބުރާސްފަތި ރޭ ސުޕްރީމް ކޯޓުން އަމުރު ނެރުމާއި ގުޅިގެން އެކަމަށް ރައީސް ނަޝީދުގެ ބައިނަލްއަގްވާމީ ލޯޔަރުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޖެރަޑް ގެންސާ މަރުހަބާ ވިދާޅުވެއްޖެއެވެ.
ގެންސާ އިތުރަށް ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރަށް ފުލުހުން ތަބާވެ އަދު ރޫލް އޮފް ލޯ ދަމަހައްޓާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
We welcome the decision of the #Maldives Supreme Court to release all political prisoners, incl. my law firm client @MohamedNasheed. We expect the police to follow the #ruleoflaw and comply with the judges' ruling.https://t.co/BiavrYno20
ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ވަނީ ނުހައްގުން ޝަރީއަތްކޮށް އަދި ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާ ޚިލާފަށް ޝަރީއަތްކޮށް ހުކުމްކޮށްފައިވާ، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ އާއި އަދިވެސް އެހެނިހެން ބައެއް ބޭފުޅުން ވަގުތުން މިނިވަން ކުރުމަށެވެ.
މީގެ އިތުރުން ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހު ނެރުނު އަމުރުގައި ބުނީ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވި ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން ކުރި ހުކުމް ވެސް ބާތިލުކޮށްފައިވާ ކަމަށެވެ. ރައްޔިތުންގެ މަޖީލީހުގެ މެންބަރުންގެ ގޮނޑީގެ މައްސަލާ އާއި ގުޅިގެން ކުރިން ސުޕްރީމް ކޯޓުން ނެރުނު ހުކުމާއި ގުޅިގެން ބާރަ މެމްބަރެއްގެ ގޮނޑިގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ