ހުޅުމާލޭގައި ހުންނަ ގާޒީ ސުކޫލުގެ ޕްރިންސިޕަލް އިބްރާހީމް ޝާތިރަށް އެ ވަޒީފާ އަލުން ދިނުމަށް ވަޒީފާއާއި ބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފިއެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހު ނެރެފައިވާ އަމުރުގައި ބުނެފައިވަނީ ޝާތިރު ވަޒީފާއާއި ބެހޭ ގާނޫނާ ހިލާފަށް ކަމަށެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވާ ގޮތުގައި ޝާތިރު ވަޒީފާއިން ވަކިކޮށްފައިވަނީ ވިދިވިދިގެން ހަތް ދުވަހު އޮފީހަށް ހާޒިރު ވެފައި ނުވާ ކަމަށް ބުނެއެވެ.
ޝާތިރު ބުނެފައިވާ ގޮތުގައި އެޑިއުކޭޝަނުން އޭނާ ހާޒިރު ނުވާ ކަމަށް ބުނެފައިވާ ދުވަސްތަކަކީ ބްލޮކު މޯޑުގައި ތައުލީމް ހާސިލު ކުރުމަށް ޕްރިންސިޕަލުން ރާއްޖެއިން ބޭރަށް ކިޔަވަން ދިއުމަށް ވަޒީފާއިން ވީއްލުމަށް ހަމަޖެއްސުމާއި ގުޅިގެން އެފުރުސަތުގެ ބޭނުން ހިފައި ކިޔަވަން ގޮސްފައިވާ ދުވަސްތަކެވެ.
ޓްރައިބިއުނަލުގެ މައްސަލަ ބެއްލެވި ތިން މެންބަރުންގެ އިއްތިފާގުން ނެރެފައިވާ އަމުރުގައި ޝާތިރަށް އެ ވަޒީފާ ދިނުމަށާއި ނުވަތަ އެ ފެންވަރުގެ އެހެން ވަޒީފާއެއް ޝާތިރު ވަޒީފާއިން ވަކި ކުރި ކަމަށް ބުނާ ތާރީހުން ފެށިގެން އޭނާއަށް މުސާރައާއި އެލަވަންސްގެ ގޮތުގައި ލިބން ޖެހޭ ފައިސާ 20 ދުވަހުގެ ތެރޭގައި އެއް ފަހަރާ ދިނުމަށް އަންގާފައިވެއެވެ.
ޝާތިރު ވަޒީފާއިން ވަކިކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.
ކުރިން މުހިއްބުއްދީން ސުކޫލުގައި ވެސް ޕްރިންސިޕަލުކަން އަދާ ކުރައްވާފައިވާ ޝާތިރަކީ މާސްޓާސް ހައްދަވާފައިވާ ބޭފުޅެކެވެ.
ގާޒީ ސުކޫލުގެ ކުރީގެ ޕްރިންސިޕަލަށް ވަޒީފާ ދޭން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ