2018 ކާމިޔާބު ކުރުމުގައި ބާރު ސްޕީޑުގައި ދާނީ ކުރިއަށް – ނިހާން

2018 ކާމިޔާބު ކުރުމުގައި ޕިޕީއެމް ދާނީ ބާރު ސްޕީޑުގައި ކުރިއަށް ކަމަށް، ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރ އަދި ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެއެވެ
ނިހާނު މިހެން ވިދާޅުވީ ރޭ ރުމާލު ޖަގަހަ 2 ހުޅުމާލޭގައި ބޭއްވި ޕީޕީއެމްގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މި ޖަލްސާގައި ވާހަކަ ދައްކަވަމުން އިތުރަށް ނިހާން ވިދާޅުވީ މަލްޓި ޕާޓީ އިލެކްޝަން އެއް އެއްފަހަރުން ކާމިޔާބު ކުރާނެ ބަޔަކަށް މި ސަރުކާރު ވާނެ ކަމަށެވެ. އަދި މި ސިޔާސީ މަސައްކަތް އަޅުގަޑުމެން ކުރިއަށް ގެންދާއިރު ފަސްޓް ލޭޑީ ފާތުމަތު އިބްރާހިމް ކުރައްވަމުން ގެންދަވާ މިންނެތް މައްސަކަތް ވެސް ނިހާން ވަނީ ފާހަގަ ކުރައްވާފައެވެ.
މިސަރުކާރާ މެދު ރައްޔިތުން ދެކޭ ގޮތް ބަދަލު ކުރަން އިދިކޮޅު ފަރާތްތަކުން ކުރަމުން އަންނަ މަސަކަތް ވާނި ބޭކާރު ކަމަށާއި އެންމެ ފަހު ލޭތިކާ ޖެހެންދެންވެސް މި މަސައްކަތުގައި ޖިހާދުކުރާނެ ކަމަށްވެސް ނިހާން ވަނީ ވިދާޅުވެފައެވެ.
ނިހާން ވިދާޅުވީ ދިވެހިރާއްޖޭގެ ލޯމާފާނުގެ ތާރީޚުން ފެއްޓިގެން ވެސް، ހުރިހާ ޒަމާނެއް އެއްކޮށް ކަނޑާ ގެއްލީމަވެސް ދިވެހިރާއްޖޭގެ އެއްވެސް ވެރިޔަކު، އެއްވެސް ވަލިއުލް ޢަމްރަކު، އެއްވެސް ރައީސްއަކު، އެއްވެސް ރަސްކަލަކު ޤާނޫނު ނަގާ ދަމަހައްޓަން ނުވަތަ "ރޫލް އޮފް ލޯ" " ޕްރިވޭލް" ކުރަން މަސައްކަތް ކޮށްފަ ނެތް ކަމަށާއި އެކަން ރާއްޖޭގެ ވެރިކަމެއްގައި ފުރަތަމަ ކުރެއްވީ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ކަމަށެވެ. އެހެން ކަމުން މިސަރުކާރުގެ ތެރެއިން ޤާނޫނާއި ޚިލާފަށް އެއްވެސް ކަމެއް ނުކުރާނެ ކަމީ ޝައްކެތްނެތް ކަމެއް ކަމަށެވެ.
ރާއްޖޭގެ ވެރިކަމުގައި ވޭތުވެ ދިޔަ 25 އަހަރުގެ ތެރޭގައި، ފުރަތަމަ ފަހަރަށް އަރަންޏާ ދަރަނީ ހަމަހަމަ ބަޖެޓަކަށް ރާއްޖެ ގެންގޮސްދެއްވި ވެރިޔަކީ މިއަދުގެ ރައީސް ކަންވެސް ނިހާނު ވަނީ ފާހަގަކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ