ފޯނު އަތުލުމަށް ފަހު މެމްބަރު މުހައްމާ ދޫކޮށްލައިފި

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންކަމަށް ބުނެ ފުލުހުން މިއަދު ހައްޔަރުކުރި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲގެ ފޯނު އަތުލުމަށްފަހު ދޫކޮށްލައިފިއެވެ.
ނަމަވެސް އެނގިފައިވާ ގޮތުގައި މުހައްމާގެ ދޫކޮށްލި ނަމަވެސް ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އެސްއޯއީގެ ދަށުންނެވެ.
އެނގިފައިވާ ގޮތުގައި މުހައްމާ ހައްޔަރުކޮށްފައިވަނީ މިއަދު ދަރިފުޅު ސުކޫލަށްލާން ގޮސް ހުއްޓާ ކެންގަރޫ ކިޑްސް ޕްރީ ސުކޫލު ކައިރިން ބުރުޒު މަގުންނެވެ.
ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ގޮނޑި ކާމިޔާބު ކުރެއްވި މުހައްމާ ވަނީ ޕީޕިއެމާ ވެސް ގުޅިފައެވެ. ނަމަވެސް ފަހުން ޕިޕިއެމް ދޫކުރައްވާ އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެންނެވިއެވެ. މުހައްމާ ގެންދަވަނީ އިދިކޮޅު ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ