އެއާޕޯޓުން ކަރަންޓު ކެނޑިއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ކަރަންޓު ކެނޑިއްޖެ އެވެ.
ސޯޝަލް މީޑިއާ އިން ފެންނަ ވީޑިއޯތަކުގައި ޑިއުޓީ ފްރީ ސަރަހައްދުން ވެސް ވަނީ ކަރަންޓު ގޮސްފަ އެވެ. އެކަމާ ގުޅޭ ގޮތުން އެއާޕޯޓުގެ ބަހެއް އަދި ލިބިފައެއް ނުވެ އެވެ.
އެއާޕޯޓުގައި މަސައްކަތް ކުރާ މީހަކު ބުނީ މުޅި އެއާޕޯޓުން މިއަދު ކަރަންޓު ދިޔަ ނަމަވެސް މިހާރު ކަރަންޓު އައިސްފައިވާ ކަމަށެވެ. ނަމަވެސް ކަރަންޓު ދިޔަ ސަބަބު އެނގިފައި ނުވާ ކަމަށް އޭނާ ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ