އިންތިހާބީ ދާއިރާގެ ނަންތަކަށް ހިޔާލު ހުށަހަޅަން ހުޅުވާލައިފި

އަންނަ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ސިޓީތަކުގެ އިންތިހާބީ ދާއިރާތަކަށް ދެވިފައިވާ ނަންތަކަށް ހިޔާލު ހުށަހަޅަން އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.
އީސީން ވަނީ ސިޓީތަކުގެ އިންތިހާބީ ދާއިރާތަކަށް ދެވިފައިވާ ނަންތަކާއި ގުޅޭގޮތުން އެއްވެސް ހިޔާލެއް އޮތްނަމަ، މިމަހުގެ 29 ވަނަ ދުވަހުގެ ކުރިން ހިޔާލު ހުށަހެޅުމަށް އަންގާފައެވެ. އެގޮތުން ހިޔާލު ހުށަހެޅުމުގެ ފުރުސަތު ސިޓީ، އީމެއިލް ([email protected]) ނުވަތަ ކޮމިޝަނުގެ ޓްވިޓާ އަދި ފޭސްބުކް މެދުވެރިކޮށް ވަނީ ހުޅުވާލާފައެވެ. #LCE2020 #WDCE2020ge City thakuga inthikhaabee dhaairaathakah dhevifaivaa nanthakaa gulheygothun evves hiyaaleh oi nama mi mahuge 29 vana dhuvahuge kurin sitee nuvatha e-mail akun ([email protected]) nuvatha EC ge Twitter adhi Facebook ah hiyaalu hushahelhuvvun edhen. pic.twitter.com/sCJZ06xsdJ— Elections Commission (@ElectionsMv) December 26, 2019
ކައުންސިލް އިންތިހާބުގައި ދާއިރާތައް އިލެކްޝަންސް ކޮމިޝަނުން ބަހާލާފައިވާ ގޮތަށް ބަލާއިރު ފުވައްމުލަކު ސިޓީއަށް އިންތިޚާބުކުރަނީ 6 ކައުންސިލަރުންނެވެ. އަދި އައްޑޫ ސިޓީއަށް އިންތިޚާބުކުރަނީ 12 ކައުންސިލަރުންނެވެ. މާލެ ސިޓީއަށް 18 ކައުންސިލަރުން އިންތިހާބުކުރުމަށް ވަނީ ނިންމާފައެވެ.
މީގެތެރެއިން މާލެ ސިޓީ ކައުންސިލްގެ ހަ ގޮނޑި ވަނީ އަންހެނުންނަށް ހާއްސަކޮށްފައެވެ. އައްޑޫ ސިޓީއިން ހަތަރު ގޮނޑި އަންހެނުންނަށް ހާއްސަކޮށްފައިވާއިރު ފުވައްމުލަކުން އަންހެނުންނަށް ހާއްސަކޮށްފައި ވަނީ ދެ ގޮނޑިއެވެ.
ލާމަރުކަޒީ ޤާނޫނަށް ފަހުން ބޮޑެތި އިސްލާހުތަކެއް ގެނެސްފައިވާއިރު، އެ އިސްލާހުތަކުގެ ތެރޭގައި ހުރިހާ ކައުންސިލްތަކަކުން 33 އިންސައްތަ އަންހެނުންނަށް ހާއްސަ ކުރުމާއި ކައުންސިލްތަކުގެ ދައުރު ފަސް އަހަރަށް އިތުރުކުރުން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ