އޮޅުވާލައިގެން ފައިސާ އަދި ކާޑުގެ މައުލޫމާތު ހޯދާ މައްސަލައަށް އުމުރުން ދުވަސްވީ މީހުން ހޭލުންތެރިކޮށްފި

އޮޅުވާލައިގެން ފައިސާއާއި ކާޑުގެ މައުލޫމާތު ހޯދުމުގެ މައްސަލައަށް އުމުރުން ދުވަސްވީ މީހުން ހޭލުންތެރި ކުރުވުމުގެ ސެޝަނެއް ބާއްވައިފިއެވެ.
މިއީ ބައިނަލްއަގުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބީއެމްއެލްއާއި އޭޖްޑް ކެއާ މޯލްޑިވްސް ގުޅިގެން ހިންގި ހަރަކާތެކެވެ.
އޮޅުވާލައިގެން ފައިސާ ހޯދުމާއި ކާޑުގެ މައުލޫމާތު ހޯދަންކުރާ މަސައްކަތްތަކަށް ސަމާލުވެ ރައްކާތެރިވުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތަކާ ގުޅޭ މައުލޫމާތު ބީއެމްއެލް އިން މިއަދު ބޭއްވި މައުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިންނާ ހިއްސާކުރި ކަމަށް އެ ބޭންކުން މައުލޫމާތުދެއެވެ.
ބީއެމްއެލް އަދި އޭޖްޑް ކެއާ މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދިޔަ ހޭލުންތެރި ކުރުމުގެ ޕްރޮގުރާމުގެ ތެރެއިން -- ފޮޓޯ:ބީއެމްއެލް
ބޭންކާ ބެހޭ މައުލޫމާތު ހޯދޭނެ ގޮތްތަކާއި، ރައްކާތެރި ގޮތުގައި އޮންލައިން ބޭންކިންގ ބޭނުންކުރުމާ ގުޅޭ މައުލޫމާތުގެ އިތުރުން އޮންލައިންކޮށް ހިދުމަތްތައް ހޯދުމުގައި ސަމާލުވާން ޖެހޭ މުހިންމު ބައެއް ކަންކަންކަމާ ބެހޭގޮތުންވެސް ބައިވެރިންނަށް މައުލޫމާތު ދީފައިވާ ކަމަށް ބީއެމްއެލް އިން މައުލޫމާތުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ