އެމްއެންޔޫ އަދި އައިޔޫއެމްގެ ލައިބްރަރީތައް ގުޅިގެން މަސައްކަތްކުރަނީ

ދިވެހިރާއްޖޭގެ ޤަޢުމީ ޔުނިވާސިޓީ (އެމްއެންޔޫ) އާއި އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) އާއި ދެމެދު ލައިބްރަރީގެ ޚިދުމަތް ދިނުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.
މިއެއްވަސްވުމުގެ ދަށުން ދެ ޔުނިވާސިޓީގެ ދަރިވަރުންނަށާއި، މުވައްޒަފުންނަށް އެއް ޔުނިވާސިޓީ އިން ނުލިބޭ ޚިދުމަތްތައް އަނެއް ޔުނިވާސިޓީ އިން ހޯދޭނެއެވެ. އަދި ދެ ޔުނިވާސިޓީގެ ދަރިވަރުންނާއި މުވައްޒަފުންނަށްވެސް އެޚިދުމަތް ލިބެމުންދާނެއެވެ.
އެ އެމްއޯޔޫގެ އެއްބަސްވުމެއްގައި ސޮއިކުރެއްވީ އެމްއެންޔޫ ގައި ބޭއްވުނު ރަސްމިއްޔާތެއްގައި އެމްއެންޔޫގެ ވައިސް ޗާންސެލާ ޑރ.މުޙައްމަދު ޝަރީފް އަޙްމަދެވެ.އަދި އައިއެމްޔޫ ގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ.އިބްރާޙިމް ޒަކަރިއްޔާ މޫސާއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއެންޔޫގެ ވައިސް ޗާންސެލާ ޑރ.މުޙައްމަދު ޝަރީފް ވިދަޅުވީ، އެމްއެންޔޫގެ ލައިބރަރީ އަކީ ވަސީލަތްތައް ގިނަ، އަދި ގިނަ ދުވަސްވީ ލައިބްރަރީއެއް ކަމަށެވެ.އެހެންކަމުން އެމްއެންޔޫގެ ލައިބްރަރީ އައިއެމްއޭއާއި ޙިއްސާކުރުމަކީ މުޙިންމު ކަމެއްގޮތުގައި ފާހަގަކުރެއްވިއެވެ.
އަދި އައިއެމްޔޫގެ ވައިސް ޗާންސެލާ ވިދާޅުވީ، ދެ ޔުނިވާސިޓީގެ ދެމެދު އޮންލައިން ޑޭޓާބޭސް ޝެއާކުރެވުމަކީ ކުރައްވާ އުއްމީދެއް ކަމަށެވެ.
ފޮޓޯ: ސަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ