ޓީމުން ހޯދާ ކުރިއެރުމަކީ މިވަގުތަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުން: އެންރީކޭ

ޔޫއެފާ ނޭޝަންސް ލީގުގައި މިރޭ ސްވިޒަލޭންޑާ ދެކޮޅަށް ނުކުންނައިރު ޓީމުން މިހާތަނަށް ހޯދައިފަވާ ކުރިއެރުންތަކަކީ މިވަގުތައް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުން ކަމަށް ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭ ބުނެފިއެވެ.
ސްވިޒަލޭންޑް މެޗުގެ ކުރިން ވާހަކަދައްކަމުން އެންރީކޭ ބުނީ މެޗަށް ކުރެވޭނެ މާބޮޑު ހާއްސަ ކަމެއް ނެތްކަމަށާއި ޓީމަށްގެނެވޭނެ މާ ހާއްސަ ބަދަލެއްވެސް ނެތްކަމަށެވެ. އެނާ ބުނީ މިހާރު ސްޕެއިންގައި ޒުވާން ސްކޮޑާއެކު ކުރިޔަށްދެވޭނެކަމުގެ އުންމީދު ބޮޑުކަމަށް. މިހާތަނަށް ތަނަށް ޓީމުން ހޯދި ކުރެއެރުމާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭކަމަށް އެންރީކޭ ބުންޏެވެ.
މިމެޗުގެ ކުރިން ސްޕެއިންއިން ވަނީ ޔޫރަޕުގެ ޗެމްޕިއަން ޕޯޗުގަލްއާ ދެކޮޅަށް ބުދަ ދުވަހުގެރޭ ކުޅެ އެއްވަރުކޮށްފައެވެ. އެންރީކޭ ބުނީ އެއީ މުޅިން ތަފާތު މެޗެއް ކަމަށާއި ބޯޅަ ނެތީސްވެސް ޓީމުން އިދިކޮޅުޓީމު ހާސްކޮށްލުމަކީ ލިބުނު ކުރިއެރުން ދައްކައިދޭ ހެއްކެއް ކަމަށެވެ. އެންމެފަހުން 2018 ވަނަ އަހަރު މި ދެޓީމު ބައްދަލު ކުރި މެޗު ނިމުނީ 1-1 ލަނޑުން އެއްވަރުވެގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ