ޑީއާރްޕީ އުވައެއް ނުލާނަން: އިލެކްޝަންސް

ރާއްޖޭގައި އެންމެ ފުރަތަމަ އުފެއްދި ސިޔާސީ ޕާޓީތަކުގެ ތެރޭގައި ހިމެނޭ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އުވާނުލާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ. އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް "މިހާރު" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ޑީއާރްޕީ އަށް ދިމާވި މައްސަލަތައް މިހާރު ހައްލުކޮށްފައިވާ ކަމަށެވެ. ޝަރީފް ވިދާޅުވީ ޑީއާރްޕީ އުވާލުމުގެ މަސައްކަތް އެ ކޮމިޝަނުން ފެށި ކަމަށެވެ. އެގޮތަށް ފެށީ 2013 ވަނަ އަހަރުގެ ފަހުން ޑީއާރްޕީ އިން އެޕާޓީގެ ކޮންގްރެސް ބޭއްވިކަން ލިޔެކިއުމުން ފެންނަން ނެތުމުންނެވެ. އެ މައްސަލާގައި އިލެކްޝަންސް އިން ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޑީއާރްޕީ އާއި ބައްދަލުކޮށްފައެވެ. އަދި ޕާޓީގެ ލީޑާޝިޕް ބަދަލުވަމުން ގިނަ ލިޔެކިޔުންތައް ގެއްލިފައިވާ ކަމަށް އެޕާޓީ އިން އިލެކްޝަންސްގައި ބުނެފައިވެއެވެ. އެހެންކަމުން މައްސަލަ ހައްލު ކުރުމަށް އިތުރު ވަގުތު ދިނުމަށް އެދުނެވެ. ޕާޓީ އުވާލާނަމަ އެކަން ހައިކޯޓަށް ހުށަހަޅަންޖެހެއެވެ. ޝަރީފް ވިދާޅުވީ މައްސަލަ ކޯޓަށް ހުށަހެޅުމުގެ ކުރިން ލިޔެކިޔުންތައް ހަމަ ކޮށްފައިވާ ކަމަށެވެ. އަދި އެންމެ ފަހުން އެޕާޓީގެ ކޮންގްރެސް އެއް ބާއްވާފައި ވަނީ މިދިޔަ 2017ވަނަ އަހަރު ކަމަށް ލިޔެކިޔުންތަކުން އެނގެން އޮންނަ ކަމަށް ޝަރީފް ވިދާޅުވިއެވެ. ޑީއާރްޕީ އަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވާ އުފެއްދި ސިޔާސީ ޕާޓީއެކެވެ. އެޕާޓީގައި މިހާރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އަދި ރައީސް މައުމޫން 2008ވަނަ އަހަރު ރިޔާސީ އިންތިހާބަށް ނިކުމެވަޑައިގެންނެވިއިރު ރަނިން މޭޓަކަށް ހަމަޖެއްސި ތަސްމީނު އަލީ އާއި ދެމެދު މައްސަލަތަކެއް އުފެދި އެޕާޓީ ބައިބައިވެ މިހާރުގެ ޕީޕީއެމް އުފެއްދިއެވެ. ދުވަސްތަކެއް ވަންދެން ޑީއާރްޕީގެ ޒެޑް ފެކްޝަނެއްގެ ގޮތުގައި ވެސް ރައީސް މައުމޫނާއި އެމަނިކުފާނަށް ތާއީދު ކުރާ ފަރާތްތަކުން މަސައްކަތް ކުރިއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ