މަރަދޫ ދާއިރާގެ މެންބަރު ޝަރީފްގެ ނަން އިއްވައި ތަޅުމުން ނެރެފި

މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފުގެ ނަން އިއްވައި ތަޅުމުން އޭނާ ނެރެފިއެވެ. 
މިއީ މިއަދުގެ ޖަލްސާ ފެށުނު ވަގުތު ފުލުހުންގެ ގާނޫނަށް ގެންނަން ނިންމާފައިވާ އިސްލާހުތަކާއި މެދު މެމްބަރު ޝަރީފް ހިތްހަމަ ނުޖެހި އަޑުގަދަ ކުރައްވަން ފެއްޓެވުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމެވި ނިންމެވުމެކެވެ. 
މެމްބަރު ޝަރީފް ތަޅުމުން ނެރެފައިވަނީ އެއްވެސް މަސައްކަތެއް ފެށުމުގެވެސް ކުރިންނެވެ. މަޖިލީހުގެ ރައީސްއަށް ވާހަކަދައްކަވަން އުދަގޫވުމުން ތިންފަހަރު ނަން އިއްވުމަށްފަހު ޝަރީފް މަޖިލީހުގެ ތަޅުމުން ނެރުމަށް ސާރޖެންޓް އެޓް އާރމްސް އަށް މަޖިލީހުގެ ރައީސް ނަޝީދު ވަނީ އަންގަވާފައެވެ.
ޝަރީފް ތަޅުމުން ނެރުމާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ، މިއީ ބަގާވާތާއި ގުޅޭގޮތުން އުފެދުނު ޒުވާބެއް ކަމަށާއި އެ ޒުވާބުގައި ވަރަށްބޮޑަށް ޖޯޝު އުފެދިގެން ދިޔައީ ކަމަށެވެ. އަދި މިފަދަ ވާހަކަތައް ހޫނުވެ މެމްބަރުންގެ މެދުގައި ޒުވާބަކަށް ދިއުމަކީ އެމަނިިކުފާނު ދެކެންބޭނުންވާ މަންޒަރެއް ނޫންކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ