ދިޕިކާ އާއި އޭނާގެ އާއިލާވެސް ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ދިޕިކާ ޕަދުކޯން އާއި އޭނާގެ އާއިލާގެ މެމްބަރުންތަކެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
ބަލީގެ އަލާމާތްތަކެއް ފެނިގެން ކޮވިޑަށް ޓެސްޓު ކުރިއިރު އެންމެ ފުރަތަމަ ބައްޔަށް ޕޮޒިޓިވްވީ ދިޕިކާގެ ބައްޕަ ޕްރަކާޝް ޕަދުކޯން، މަންމަ އުއްޖަލާގެ އިތުރުން ދައްތަ އަނިޝާ ޕަދުކޯން އެވެ. އޭގެ ފަހުން ދިޕިކާވެސް ޓެސްޓު ކުރި އެވެ. ޓެސްޓުން ދިޕިކާވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން އޭނާ ވަނީ ކަށަވަރު ކޮށްދީފަ އެވެ.
ދިޕިކާ މިވަގުތު ހުރީ އާއިލާ އާއިއެކު ބެންގަލޫރުގަ އެވެ.
ދިޕިކާގެ މަންމައާއި ބައްޕަ އަދި ކޮއްކޮ ޕޮޒިޓިވްވީ މީގެ 10 ދުވަސް ކުރިންނެވެ. ޕޮޒިޓިވްވުމާއިއެކު ތިން މީހުންވެސް ވަނީ ގޭގައި އެކަހެރިވެފަ އެވެ. ފަހުން ދިޕިކާގެ ބައްޕަ ވަނީ ހޮސްޕިޓަލަށް ގެންގޮސް އެޑްމިޓް ކޮށްފަ އެވެ. ހާލު މާ ސީރިއަސް ނުވެ 7 ވަރަކަށް ދުވަސް ތެރޭ އަލާމާތްތައްވެސް ފިލާފައިވާކަމަށް ރިޕޯޓުތައް ބުންޏެވެ.
ދިޕިކާގެ ފިރިމީހާ ރަންވީރް ސިންގް މިވަގުތު ހުރީ މުމްބާއީގަ އެވެ. އެހެންކަމުން އޭނާ ކޮވިޑަށް ޕޮޒިޓިވްއެއް ނޫނެވެ.
މުމްބާއިއާއި ނިއު ދިއްލީގައި ކޮވިޑް-19 ހަލުވި މިނުގައި ފެތުރެމުންދާއިރު ބޮލީވުޑްގެ ގިނަ ތަރިންތަކެއް ވަނީ ކޮވިޑަށް ޕޮޒިޓިވްވެގެން ރިޕޯޓުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ