މިއަދު ހަވީރު ހުޅުމާލޭގައި އެމްޑީޕީގެ ސައިކަލް ބުރެއް ބާއްވަނީ

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން އިންތިޒާމްކޮށްގެން މިއަދު ހަވީރު ހުޅުމާލޭގައި ސައިކަލް ބުރެއް ބާއްވަން ނިންމައިފިއެވެ.
އެމްޑީޕީގެ ހުޅުމާލޭ ޖަގަހައިގެ ފަރާތުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މި ސައިކަލް ބުރު ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު ހަތަރެއް ޖަހާއިރު، އެމްޑީޕީ ޖަގަހައިގެ ކުރިމަތިންނެވެ.
މި ސައިކަލް ބުރުގައި ބައިވެރިވާ ހުރިހާ ފަރާތްތަކުން ރީނދޫ ކުލައިގެ ހެދުމެއް ބޭނުންކުރުމަށް އެމްޑީޕީ ހުޅުމާލެ ޖަގަހައިން ވަނީ އެދިފައެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބްގައި މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލޭގެ ކައުންސިލަރުކަމަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވަނީ ރާއްޖެޓީވީގެ ކުރީގެ ނޫސްވެރިޔާ ރިޒްނާ ޒަރީރެވެ. ރިޒްނާގެ ކެމްޕެއިންގެ ގިނަ ހަރަކާތްތަކެއް ވަރަށް ފޯރިއާއެކު ހުޅުމާލޭގައި ދަނީ ހިންގަމުންނެވެ.
ފޮޓޯ: ޓްވިޓަރ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ