ކޮވިޑް19 ޖެހިގެން ރާއްޖެއިން 91 ވަނަ މީހަކު ނިޔާވެއްޖެ، މިއީ މިއަދުގެ 4 ވަނަ މަރު

ކޮވިޑް19 ޖެހިގެން ފަރުވާދެމުން ދަނި ރާއްޖެއިން މިއަދު 4 ވަނަ މީހަކު ނިޔާވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނީ މިއަދު މެންދުރުފަހު ނިޔާވެފައިވަނީ 78 އަހަރު ދިވެހި ފިރިހެނެއް ކަމަށެވެ. މިމީހާ ނިޔާވެފައިވަނީ މިއަދު 12:48 ގައެވެ. މިއީ ރާއްޖެއިން މިބަލިޖެހިގެން ނިޔާވި 91 ވަނަ މީހާއެވެ.
މީގެ އިތުރުންވެސް މިއަދުވަނީ ކޮވިޑަށް ފަރުވާ ހޯދަމުން ދަނިކޮށް އިތުރު 3 މީހަކު ނިޔާވެފައެވެ.
އެގޮތުން މިއަދު ހެނދުނު 9:05 ގައި ނިޔާވީ އުމުރުން 86 އަހަރުގެ ދިވެހި އަންހެނެކެވެ. އެމީހާއަށް ކޮވިޑް ޖެހިގެން ފަރުވާ ދެމުން ދިޔައީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގަ އެވެ.
ރޭ 12 ގެ ފަހުން ވަނީ އިތުރު 2 މީހަކުވެސް ކޮވިޑުގައި ނިޔާފަ އެވެ. އެ ދެމީހުންނަކީވެސް ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ދެމުން ދިޔަ ދެ މީހުނެވެ. އެކަކީ 64 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި އަނެކަކީ 86 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ކޮވިޑް-19 ގައި ރާއްޖެއިން މަރުވާ މީހުންގެ އަދަދު އިތުރުވާން ފަށާފައިވާއިރު ގިނައިން މަރުވަނީ އުމުރުން ދުވަސްވީ މީހުންނެވެ. މީގެ ކުރިން ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނި ގޮތުގައި ކޮވިޑް ދިފާއު ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި މީހުންގެ ތެރެއިން ބަލި ޖެހެނީ ގާތްގަނޑަކަށް 2.6 އިންސައްތަ މީހުންނަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ