ޓެންޒޭނިއާގައި ސްކޫލް ބަހެއް ފުރޮޅާލައި 30 އަށް ވުރެގިނަ މަރު

ޓެންޒޭނިއާގައި ސުކޫލު ބަހެއް ފުރޮޅާލުމުގެ ސަބަބުން ސްކޫލު ކުދިންނާއި އެކު 30 އަށް ވުރެ ގިނަ މީހުން މަރުވެއްޖެއެވެ.
އެގައުމުގެ ކަރަޓޫ ޓައުނުގެ ކައިރީގެ މަގެއްގައި ހިނގި މި ހާދިސާގައި 30 މީހުން މަރުވެފައިވާއިރު އުމުރުން 12 އަހަރާއި 14 އަހަރާއި ދެމެދުގެ ގިނަ އަދަދެއްގެ ސްކޫލް ކުދިން މަރުވެފައިވާކަމަށް ހަބަރުތައް ބުނެއެވެ.
އޭގެ އިތުރުން ޓީޗަރުންނާއި ބަހުގެ ޓްރައިވަރުވެސް މަރުވެފައިވާކަމަށް ހަބަރުތައް ބުނެއެވެ. އަދި މަރުނުވެ ސަލާމަތްވި މީހުންނަށްވެސް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާކަމަށް ޓެންޒޭނިއާގެ ކަމާބެހޭ އިދާރާތަކުން ބުނެއެވެ. ނަމަވެސް އެއީ ކިތައް މީހުންކަމެއް ސާފެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ