ދިވެހި ސިފައިންގެ 125 ވަނަ އަހަރީ ދުވަހުގެ މުނާސަބާގައި ބާއްވާ ޝަރަފްގެ ހިނގާލުން މާދަމާ ހަވީރު ބާއްވާނެ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނީ މާލޭގެ ބޮޑެތި ބައެއް މަގުތަކުގައި ބާއްވާ މި ހިނގާލުން ފަށާނީ މާދަމާ ހަވީރު 16:15 ގައި ކަޅުތުއްކަލާ ކޮށިން ކަމަށެވެ. އަދި ހިނގާލުން ކުރިއަށްދާނީ ކަޅުތުއްކަލާކޮށީ އުތުރު ގޭޓުން ނުކުމެގެން އަމީނީމަގުން ދަރުބާރުގޭ ކައިރިން ބޮޑުތަކުރުފާނު މަގުން ހުޅަނގަށް ގޮސް، ކަޅުތުއްކަލާކޮއްޓަށް ކަމަށެވެ.
މީގެ އިތުރުން އެމްއެންޑިއެފް އިން ބުނީ ސިއްތިމާވާ ހިނގުމުގެ އަމީނީމަގާއި ގުޅޭ ހަތަރުއަނގޮޅި ކަންމަތީގަ އާއި ބޮޑުތަކުރުފާނު މަގުން ދަރުބާރުގޭ ކުރިމައްޗަށް އަދި މޭރީބްރައުން ކުރިމައްޗަށް ހިނގާލުން މަޑުކޮށް ސިފައިންގެ ބޭންޑުގައި ރާގުތައް ހިމެނޭ ޑިސްޕްލޭއެއް ދައްކާލުންވެސް އޮންނާނެ ކަމަށެވެ.
ސިފައިންގެ އަހަރީ ދުވަހުގެ މުނާސަބާގައި ބާއްވާ ޝަރަފްގެ ހިނގާލުން މާދަމާ ހަވީރު ބާއްވަނީ..
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ