ރާޖަޕަކްސާގެ ދައުވަތަކަށް މައުމޫން ލަންކާ އަށް
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް، ސްރީ ލަންކާގެ ރައީސް މަހިންދަަ ރާޖަޕަކްސާގެ ދައުވަތަކަށް މިއަދު އެ ގައުމަށް ވަޑައިގެންފި އެވެ. "އޮފީސް އޮފް ދަ ފޯމާ ޕްރެޒިޑެންޓް މައުމޫން" ގެ އޮފީހުން ބުނި ގޮތުގައި މައުމޫން ލަންކާ އަށް ވަޑައިގަތީ، އެ ގައުމުގެ ސިންގަޅައިންނާއި ތަމަޅައިގެން އާ އަހަރާ ގުޅުވައިގެން ބާއްވާ ހަފުލާއެއްް ޝަރަފުވެރި ކޮށްދެއްވުމަށެވެ. މި މަހުގެ 26 ގައި ބާއްވާ މި ހަފުލާ އަށް މައުމޫނަށް ދައުވަތު އެރުވީ ރާޖަޕަކްސާ އެވެ.މައުމޫންގެ އޮފީހުން ބުނި ގޮތުގައި މައުމޫނާއި އަނބިކަނބަލުން ލަންކާގައި ޗުއްޓީއެއް ވެސް ހޭދަކުރައްވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ