ސިޓީ ނުފޮނުވިޔަސް ރައްޔިތުންނަށް އިންސާފުވެރިކަމާ އެކު ކަންތައް ކޮށްދޭންޖެހޭ: މައުމޫން

ރައްޔިތުން ވަކިވަކިން ސިޓި ނުފޮނުވިޔަސް ހުރިހާ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށްދީ، އިންސާފުން އަމަލުކުރުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވެ ބަޔާނެއް ނެރުއްވާފައި މިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖަލުން މިނިވަންކޮށްދިނުމަށް އެދި އިދިކޮޅު ހަތަރު ލީޑަރުން ވަކިވަކިން ސިޓީ އަކުން ރައީސް އަބްދުﷲ ޔާމީންގެ އަރިހުން އެދުމުން އެކަމާއި މެދު ގޮތެއް ނިންމުމަށް ޕީޕީއެމް ޕީޖީ އާއި މަޝްވަރާ ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވަނި ކޮށެވެ.
ރައީސް މައުމޫން ވިދާޅުވީ ގާނޫނާ ހިލާފަށް މާތްވެގެންވާ އިސްލާމް ދީނުގެ އުސޫލުތަކާ ތައާރުޒުވާ އަދި ޑިމޮކޮރެޓިކް ހަމަތަކާ ފުށުއަރާ ނާއިންސާފު އަމަލުތައް ވަގުތުން ހުއްޓާލުމަށް ތަކުރާރުކޮށް ސިޓީ އާއި ބަޔާން މެދުވެރިކޮށް  ހުށަހަޅާފައިވާނެ ކަމަށެވެ. އެކަމަކު މިހާތަނަށް އޭގެން އެއްވެސް ސިޓީއަކަށް ޖަވާބު ދީފައި ނުވާ ކަމަށެވެ.
މައުމޫން ވިދާޅުވީ ސަރުކާރުން ގާނޫނާއި ހަމަޔާއި އިންސާފުގެ ބޭރުން ސިޔާސީ ވާދަވެރިންނަށް އެކި ގޮތް ގޮތުން ދަތިކޮށް، ފުލުސް އޮފީހަށާއި ކޯޓުތަކަށް ރެ އާއި ދުވާލު ގެންގޮސް، ގޭގައި ނުވަތަ ޖަލުގައި ބަންދުކޮށް އެކިއެކި ބޮޑެތި އަނިޔާތައް ދެމުން ގެންދާ ކަމަށެވެ.
މައުމޫން ވިދާޅުވީ ދެން އެއްވެސް ކަމަކާއި ގުޅޭގޮތުން ސިޓީ ނުފޮނުއްވާނެ ކަމަށެވެ.
`
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ