ހއ. ތަކަންދޫ ކައުންސިލް އިދާރާއިން ޕެންޝަން ސުކީމްގައި ބައިވެރިވެ ފައިސާ ދައްކާފައި ވަނިކޮށް ފައިސާ ނުދައްކާ ފަރާތަކުގެ ލިސްޓްގައި ހިމަނައި ނަން އާންމު ކުރެވުނީ އޮޅުމަކުން ކަމަށް ބުނެ ލިސްޓުން ތަކަންދޫ ކައުންސިލް އިދާރާ އުނިކޮށްފި އެވެ.
ޕެންޝަން އޮފީހުގެ ޗީފް އެގްޒެކްޓިވް އޮފިސަރު މުހައްމަދު ހުސެއިން މަނިކު ސޮއިކުރައްވާ ތަކަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ސޯދިގަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ ވަޒީފާ ދޭ ފަރާތްތަކުގެ ތެރެއިން ޕެންޝަނާބެހޭ ގާނޫނާއި ރިޓަޔާމަންޓް ޕެންޝަން ސްކީމާބެހޭ ގަވައިދާ އެއްގޮތަށް އަމަލު ކުރަމުންނުދާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމާބެހޭގޮތުން އާންމުކުރި ލިސްޓުގައި ތަކަންދޫ ކައުންސިލް އިދާރާގެ އާންމު ކުރެވުނީ އެކައުންސިލްގެ ޕޭމަންޓް ޓްރާންސެކްޝަންގެ މައުލޫމާތް ދިމާނުވުމުން އެރި އޮޅުމެއްގެ ތެރޭގައި ކަމަށެވެ.
"ތިޔަ ކައުންސިލުން ޕެންޝަނަށް ފައިސާ ދައްކާފައިވަކަން ފާހަގަ ކުރެވުމުން، މިހާރުވަނީ މި އޮފީހުގައި ވެބްސައިޓްގައިވާ ނަން އާންމުކުރާ ލިސްޓުން ތިޔަ ކައުންސިލްގެ ނަން އުނިކުރެވިފަ އެވެ." އެސިޓީގައި ބުނެފައިވެ އެވެ. ތަކަންދޫ ކައުންސިލުން ޕެންޝަނަށް ފައިސާ ދައްކާފައިވަނިކޮށް ނުދައްކާ ލިސްޓުގައި ނަން އާންމުކުރެވުނީތީ އެކަމަށް މާފަށް އެދޭ ކަމަށް ވެސް ސިޓީގައި ވެއެވެ.
ޕެންޝަނަށް ފައިސާ ނުދައްކާ ފަރާތްތަކުގެ ނަންތަށް އިއްޔެ އާންމު ކޮށްފައިވާއިރު އެ ލިސްޓުގައި 90 ފަރާތެއް ހިމެނެއެވެ. ނަމަވެސް އެ ލިސްޓުން ތަކަންދޫ ކައުންސިލް އިދާރާ އުނިކުރުމުން މިހާރު ޕެންޝަން ފައިސާ ނުދައްކާ ފަރާތްތަކުގެ އަދަދަކީ 89 އެކެވެ.
އަމިއްލަ ކުންފުނިތަކުގެ މުވައްޒިފުންނާ އެކު 70000 އަށް ވުރެ ގިނަ މުވައްޒަފުން ބައިވެރިވެފައިވާ ރިޓަޔާމެންޓް ޕެންޝަން ސުކީމްގެ ރިޓަޔާމަންޓް ސޭވިންގް އެކައުންޓަށް ޖަމާކުރާ ފައިސާ ލިބޭނީ އެ މީހެއްގެ އުމުރުން 65 އަހަރުވުމުން މަހުން މަހަށް ލިބޭ ފައިސާގެ ގޮތުގަ އެވެ.
ޕެންޝަން ފައިސާ ނުދައްކާ ލިސްޓުގައި ތަކަންދޫ ކައުންސިލް އިދާރާއިން ހިމެނިފައި އޮތުމުން މާފަށް އެދެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ