އެންސްޕާގެ ސީއީއޯ ކަމުން އަބްދުﷲ ވަކިކޮށް ޖަލީލް ހަމަޖައްސައިފި

ނެޝެނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ސީއީއޯ އަކަށް ހުންނެވި ޏ. ފުވައްމުލަކު އަބްދުﷲ މުހައްމަދު ދީދީ ވަކިކޮށް، އެ މަގާމަށް މުޖުތަބާ ޖަލީލް ހަމަޖައްސައިފި އެވެ. ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އިބްރާހިމް މުއާޒް އަލީ މިރޭ ވިދާޅުވީ އެ މަގާމަށް މުޖުތަބާ ހަމަޖެއްސެވީ މިދިޔަ އާދީއްތަ ދުވަހު ކަމަށެވެ. ނަމަވެސް އޭނާގެ މައުލޫމާތެއް ރައީސް އޮފީހުން އަދި  ހާމައެއް ނުކުރެ އެވެ.އަބްދުﷲ މިހާރު ވަނީ އެންވަޔަރްމެންޓް މިނިސްޓަރުގެ ނާއިބަކަށް ހަމަޖައްސާފަ އެވެ.އެންސްޕާގެ ސީއީއޯ އަކަށް މިދިޔަ އެޕްރީލް މަހުގެ ތެރޭގައި އައްޔަންކުރެއްވި އަބްދުﷲ ވަކިކުރެއްވި ސަބަބެއް ވެސް ރައީސް އޮފީހުން މިރޭ ނުބުންޏެވެ. ޕީޕީއެމަށް ސޮއިކުރައްވާފައިވާ އަބްދުﷲ އަކީ ފުވައްމުލަކު އަތޮޅު ކައުންސިލްގެ ކުރީގެ ނައިބު ރައީސެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ