މީޑިއާ ކައުންސިލުގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލަން ނިންމައިފި

މޯލްޑިވްސް މީޑިއާ ކައުންސިލުގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލަން ހޯމް މިނިސްޓްރީން ނިންމައިފި އެވެ.މިދިޔަ މަހު ދައުރު ހަމަވެފައިވާ މީޑިއާ ކައުންސިލްގެ އިންތިޚާބަށް ކުރިން ވެސް އިއުލާން ކުރި އެވެ. އޭރު އެ ކައުންސިލަށް 32 ބޭފުޅަކު ކުރިމަތިލި އެވެ.ހޯމް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު ތަޒްމީލް އަބްދުއްސަމަދު މިއަދު ވިދާޅުވީ މީޑިއާ ކައުންސިލަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލަން ނިންމައި އެ އިއުލާން ގެޒެޓްކުރަން ރައީސް އޮފީހަށް މިހާރު ފޮނުވާފައިވާ ކަމަށެވެ. އެ ފުރުސަތު އަލުން ހުޅުވާލަން ނިންމީ އާންމުންގެ ތެރެއިން އެ ކައުންސިލްގައި ތިބެންޖެހޭ މެމްބަރުންގެ އަދަދަށް ކުރިމަތިލާފައި ނުވާތީ ކަމަށް އޭނާ ވިދާޅުވި އެވެ."ގާނޫނުގައި ބުނާ ކައުންސިލްގައި އާންމުންގެ ތެރެއިން ހަތް މީހަކު ތިބެން ޖެހޭނެ ކަމަށް، އެކަމަކު އެންމެ ފަހުން ހުޅުވާލިއިރު މުޅިން ހެން މީޑިއާތަކުން ކުރިމަތިލާފައި އޮތީ." ތަޒްމީލް ވިދާޅުވި އެވެ.މީޑިއާ ކައުންސިލްގައި ތިއްބަވަނީ 15 މެމްބަރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ