އައިއެންއައިއޭގެ ޑޮމެސްޓިކް ޓާމިނަލުން ކަރަންޓް ކެނޑިއްޖެ

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ރޭ ފަތިހު ކަރަންޓް ކެނޑި ގިނައިރުތަކެއް ވުމުން ބައެއް ހިދުމަތްތަކަށް ކަމަށް ބުރޫ އަރައިފި އެވެ.
ވީނިއުސްއަށް ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އައިއެންއައިއޭ ހިންގަމުން ގެންދާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އޮފިޝަލަކު ވިދާޅުވީ ރޭ ފަތިހު 5:00 ފެށިގެން އައިއެންއައިއޭގެ ޑޮމެސްޓިކް ޓާމިނަލުން ކަރަންޓް ކެނޑުމަށްފަހު އަލުން ކަރަންޓް ލިބި އާންމު ހާލަތުގައި ހިދުމަތް ދޭން ފެށުނީ މިއަދު ހެނދުނު 10:35 ހާއިރު ކަމަށެވެ.
ކަރަންޓް ކެނޑުނީ ޑޮމެސްޓިކް ޓާމިނަލުގައި ކަރަންޓް ދިނުމަށް ބޭނުންކުރަމުން ދިޔަ ސަބްސްޓޭޝަނަކަށް ދިމާވި މައްސަލައަކުން ކަމަށާއި އެމައްސަލަ މިވަގުތަށް ހައްލުވެފައިވީ ނަމަވެސް އެއީ ދޭތެރެ ދޭތެރެއިން ދިމާވާ މައްސަލައެއް ކަމަށެވެ.
"އެހެންނަމަވެސް އެމައްސަލަ މިހާރު މިވަނީ ހައްލުކުރެވިފައި. މިހާރު ޑޮމެސްޓިކް ޓާމިނަލުގެ ހުރިހާ ސަރަޙައްދަކަށްވެސް ކަރަންޓްގެ ހިދުމަތް ލިބޭނެ،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކަރަންޓް ކެނޑުނު ގަޑިއަކީ ފްލައިޓް ދަތުރުތައް ކުރާ ގަޑިއެއް ނޫން ކަމަށާއި ފްލައިޓްތައް ދަތުުރުކުރާނީ ހެނދުނު 6:00 ގެ ފަހުން ކަމަށްވަތީ ފްލައިޓްތަކުގެ ދަތުރު ތަކަށް އެއްވެސް ހުރަހެއް އެޅިފައިވާ ނުވަ ކަމަށެވެ.
އިބްރާހިމްނާސިރު އިންޓަރނޭޝަނަލް އެއާޕޯޓުގައި ތަފާތު އެކިއެކި މައްސަލަތައް ކުރިމަތިވަމުންދާއިރު ސަރުކާރުން ދަނީ އައިއެންއައިއޭ ތަރައްގީކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ