ރޭގެ މަރާ ގުޅިގެން އަދި މީހަކު ހައްޔަރެއް ނުކުރަން: ޕޮލިސް

ވަޅިހަރައި ރޭ ޒުވާނަކު މަރާލި މައްސަލާގައި އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ބުނެފި އެވެ.
ވީނިއުސައަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ 1:30 ހާއިރު ވަޅި ހަރައި ރޭ ޒުވާނަކު މަރާލި މައްސަލާގައި އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވިނަމަވެސް އެ މައްސަލަ އާއި ގުޅުގެން ތުހުމަތު ކުރެވޭ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އައިޖީއެމްއެޗްގެ ރަސްމީ ގޭޓް ކައިރީގައި ހުއްޓާ ކަރަށް ވަޅި ހަރާ މަރާލައިފަވަނީ މާލޭ ދަފްތަރު، ނޫރު އާދަމް ހަސަންފުޅު، 29 އެވެ. އޭނާ މަރާލައިފަވަނީ މޫނުނިވާކޮށްގެން ސައިކަލުގައި އެ ދީމެހެކެވެ.
މީގެއިތުރުން ރޭ 23.45 ހާއިރު މީހަކަށް ދަގަނޑު ހޮޅިބުރިއަކުން ހަމަލާދީވެސް ވަނީ ޒަހަމްކޮށްލާފަ އެވެ.
މިފަހަކަށް އައިސް ރާއްޖޭގައި މީހުން މެރުން އާއްމުވެފަވަވާއިރު މިމަހު ވަނީ ވަޅިން ހަމަލާދީ ތިން މީހުން މަރާލައިފަ އެވެ. އަދި މިމަހުގެ 23 ވަނަ ދުވަހު އއ. ތޮއްޑޫގައި ޒަހަމްތަކަކާއެކު މަރުވެފައި އޮތް ބިދޭސީއަކު ވަނީ ފެނިފަ އެވެ.
މިމަހުގެ 19 ވަނަ ދުވަހުގެރޭ ވަޅި ހަރައި ލ. މުންޑޫ، ނޫވިލު އަލީ ޒިޔަދަމް، 29، މަރާލައިފަވާއިރު މިމަހުގެ 21 ވަނަ ދުވަހުގެރޭ ވަނީ ޅިޔަނު ކެފޭގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީއެއްގެ މެޔަށް ވަޅި ހަރައި މަރާލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ