ފުށިގިއްގަރުފަޅު މަޝްރޫއު ނުހުއްޓޭ، ކަނޑައެޅިފައިވާ ތާރީހަށް މަޝްރޫއުގެ މަސައްކަތް ނިމިގެންދާނެ: ހީނާ

ފުށިދިއްގަރުފަޅު ބިން ހިއްކާތަން ނުފެނުނު ނަމަވެސް އެ މަޝްރޫއު ނުހުއްޓޭ ކަމަށާއި، ކަނޑައެޅިފައިވާ ތާރީހަށް ފުށިދިއްގަރުފަޅުގެ މަޝްރޫއުގެ މަސައްކަތް ނިމިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހީނާ މިފަދައިން ވިދާޅުވީ، މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިގޮތުން ހީނާ ވިދާޅުވީ، މަޝްރޫއު ގެ ވަށައިގެން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ހުންނަ ކަމަށާއި އޭގެ ތެރޭގައި އިދާރީ މަސައްކަތްތަކާއި އީއައިއޭ ހެދުމުގެ މަސައްކަތް ވެސް ހުންނާނެ ކަމަށެވެ. އަދި ވެލިއެޅުން ހުއްޓިފައި އޮތުމަކީ މުޅި މަޝްރޫއު ހުއްޓިފައި އޮތުން ނޫން ކަމަށް ވެސް ހީނާ ވަނީ ވިދާޅުވެފައެވެ.
"އޭގެ ޖަވާބަކަށް މިދަންނަވަނީ ފުށިދިއްގަރުފަޅު މަޝްރޫއު ހުއްޓުމަކަށް ނާދޭ. އެ މަޝްރޫއު ކުރިއަށްދާނޭ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ގޮތަށް އެ ތާރީހަށް އެ މަޝްރޫއު ނިމިގެންދާނެ އިރާދަކުރެއްވިއްޔާ"
ހީނާ ވިދާޅުވިއެވެ.
ހަމައެއާއެކު ހީނާ ވަނީ ފުށިދިއްގަރު ފަޅުގެ މަޝްރޫގެ އިތުރުން، އަތޮޅުތަކުގައިވެސް ތަރައްގީގެ މަޝްރޫއުތައް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށާއި،  މި ސަރުކާރުން ހަލުވި ސްޕީޑުގައި ތަރައްގީ ރައްޔިތުންނާއި ހަމައަށް ގެނެސްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް ވެސް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ