ކިނބިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަބްދުﷲ ރިޔާޒްގެ ކާރަށާއި ގައިކޮޅަށް މިއަދު ބަޔަކު ކަޅުތެޔޮ ޖެހި މައްސަލައާއި އެމްޑީޕީގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒުގެ ގައިކޮޅަށް ކަޅުތެޔޮ ޖެހި މައްސަލަ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކުށްވެރި ކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނިޒާމީ މައްސަލައެއްގައި ވާހަަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒްގެ ގައިކޮޅަށް ކަޅުތެޔޮ ޖެހި މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަަމަށެވެ.
"އަޅުގަނޑުމެންގެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ ނައިބު ލީޑަރު ރިޔާޒު ގަޔަށް ކަޅުތެޔޮ ޖެހި ނުވަތަ ޑީސެލް ތެޔޮ ޖެހި މައްސަލަ ކުށްވެރި ކުރަން ހަރުކަށި އިބާރާތުން،" ގާސިމް ވިދާޅުވި އެވެ.
މީގެ އިތުރުން ގާސިމް ވިދާޅުވީ ސިޓީއެއް މެދުވެރި ކުރައްވާ މަޖިލިސް މެންބަރުންނަށް ސެކިއުރިޓީ ހަމަޖައްސަވައި ދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންފައިވާނެ ކަމަށެވެ. ނަމަވެސް އެ ސިޓީ ބާތިލް ކުރި ކަމެއް ނުވަތަ ސެކިއުރިޓީ ހަަމަޖެހުނު ކަމެއް ވެސް މިހާތަނަށް އެނގިވަޑައިގެންފައި ނުވާ ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި ސެކިއުރިޓީ ކުރިން ލިބިވަޑައިގެންފައިވާ ބައެއް މެމްބަރުންނަށް މިހާރު ސެކިއުރިޓީ ލިބެމުން ނުދާ ކަންވެސް ގާސިމް ފާހަގަކުރެއްވި އެވެ.
"އަޅުގަނޑު ހަމަގައިމުވެސް ދަންނަވާފައި އޮންނާނެ ސިޓީއެއް ފޮނުވާފައި އަޅުގަނޑު ސެކިއުރިޓީ ބޭނުންވާ ވާހަކަ. އަޅުގަނޑަކަށް އެ ސިޓީ ބާތިލްވީ ކަމެއް ނޫނީ ދޫ ނުކުރެވޭނެ ކަމަކަށް ނާންގާ. އަޅުގަނޑަކަށް ސެކިއުރިޓީއެއް ނުލިބޭ،" ގާސިމް ވިދާޅުވި އެވެ.
ގާސިމް އިތުރަށް ވިދާޅުވި ސެކިއުރިޓީގެ މައްސަލައަކީ ކޮންމެ ފަހަރަކު މަޖިލީހުގެ ރައީސަށް ގުޅުއްވައިގެން ހޯދަން ޖެހޭ އެއްޗެއް ނޫން ކަމަށާއި އެއީ ގާނޫނުން ލާޒިމް ކުރާ ކަަމަކަށް ވީހިނދު އެކަމަށް މަޖިލީހުގެ ރައީސްވެސް މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަަމަށެވެ.
މެމްބަރުންގެ ގައިކޮޅަށް ކަޅުތެޔޮ ޖެހި މައްސަލަ ގާސިމް ކުށްވެރި ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ