ގާސިމް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ބަންޑާރަ ނައިބުގެ އޮފީހުން ހައިކޯޓުގައި އިސްތިއުނާފްކޮށްފިއެވެ.
މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ގާސިމްގެ މައްޗަށް ތިން އަހަރާއި 2 މަހާއި 12 ދުވަހަށް ޖަލު ހުކުމް ޣައިރު ހާޒިރުގައި ކޮށްފައިވާ އިރު އެ ހުކުމްގައި ބުނެފައި ވަނީ ގާސިމްގެ މައްޗަށް ސާބިތުވި ކުށުގެ އަދަބުތަންފީޒުކުރުމަށާ، ގާސިމް ބެއްލެވި ޑޮކްޓަރު ލަފާދެއްވާފައިވާ ގޮތަށް ރާއްޖެއިން ބޭރުން ހަދަންޖެހޭ ޓެސްޓްތައްހެދުމާއި، ލިބެން ޖެހޭ ފަރުވާ ގާސިމަށް ލިބުމަށް ހުރަހެއް އޮވެގެން ނުވާނެ ކަމަށެވެ.
ގާސިމް އަށް ދިމާވެފައިވާ ހިތުގެ އާލާސްކަންފުޅަކީ ރާއްޖެއިން ފަރުވާ ހޯދޭނެ އާލާސްކަންފުޅެއް ނޫން ކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ. އަދި ގާސިމަށް އެ ފަރުވާ ވީހާވެސް އަވަހަކަށް ނުދެވިއްޖެ ނަމަ ފުރާނަ އަށް ނުރައްކާވުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް ޑޮކްޓަރުން ވަނީ ވިދާޅުވެފަ އެވެ.
ކޯޓުގެ ހުކުމުގައި ބުނެފައިވާ ގޮތަށް ގާސިމް ފަރުވާ އަށް ފޮނުވުން ލަސްވަނީ މެޑިކަލް ބޯޑުގެ ހުއްދަ ނުލިބިގެން ކަމަށް ކަރެކްޝަނަލް ސާވިސް އިން ވަނީ މީގެކުރިން ބުނެފަ އެވެ.
ގާސިމްއަށް ބޭނުންވާ ފަރުވާ އަށް އޭޭނާ ބޭރަށް ފޮނުވުން ލަސްވަމުންދާތީ އާއިލާ އާއި އޭނާގެ ވަކީލުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އާއިލާއިން މީގެ ކުރިން ބުނީ ހުއްދަ ލިބުމާއެކު ހަމަ ވަގުތުން ފަރުވާއަށް ފުރަން ތައްޔާރަށް ތިބި ކަމަށެވެ.
އިތުރު ތަފްސީލް އަންނަނީ
ގާސިމް ބޭސްފަރުވާއަށް ފޮނުވުމުގެ މައްސަލަ އިސްތިއުނާފްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ