ގދ. ތިނަދޫ ގެސްޓު ހައުސްއެއްގެ ތެރެއިން ކުޑަކުއްޖަކާ އެކު އިއްޔެ ހައްޔަރު ކުރި ގާނޫނީ ވަކީލު އަހުމަދު ޝާންގެ ބަންދަށް 7 ދުވަސް ތިނަދޫ ކޯޓުން އިތުރުކޮށްދީފިއެވެ.
ޝާންގެ ގާނޫނީ ވަކީލު ޝަޒީމް ވަހީދު ވިދާޅުވީ ހައްޔަރުކުރި އިރު ޝާން ހުރި ގެސްޓް ހައުސްއަކީ އޭނާ އެރަށުގައި ދިރިއުޅުނު ތަން ކަމަށެވެ.
އޭނާ ވިދާޅުވީ ފުލުހުން ގެސްޓު ހައުސް އަށް ވަން އިރު ޝާން ހުރީ ފުރަން ކާނޑެއްދޫ އެއާޕޯޓަށް ދިޔުމަށް ތައްޔާރުވުމަށް ފާޚާނައިގައި ކަމަށާއި އެ ކޮޓަރީގެ ދޮރު ހުޅުވީ ކޮޓަރީގައި ހުރި އަންހެން ކުއްޖާ ކަމަށާއި އަންހެން ކުއްޖާ އެ ކޮޓަރިއަށް ވައްދާފައި ވަނީ ބަޔަކު ދުރާލާ ރާވައިގެން ކޮށްފައިވާ ކަމެއް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
ޝާން ހުރި ގެސްޓް ހައުސް އަށް ފުލުހުން ވަނީ ކޯޓު އަމުރެއް ނެތި ކަމަށާއި އެއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 31 ވަނަ މާއްދާއާ ޚިލާފު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެ އަންހެން ކުއްޖާ އަކީ މީގެކުރިން ވެސް އެފަދަ މައްސަލަތަކުގައި ތިނަދޫ ޕޮލިސްޓޭޝަނަށް ހާޒިރުކޮށްފައިވާ ކުއްޖެއް ކަމަށާއި ނަމަވެސް ރެއިން ރެއަށް އަންހެން ކުއްޖާ ބަންދުން ދޫކޮށްލާފައިވާ ކަމަށް ޝަޒީމް ވިދާޅުވިއެވެ.
ޝަޒީމް ވިދާޅުވީ އަންހެން ކުއްޖާއާ މެދު ބަދުއަޚުލާގީ އަމަލެއް ހިންގާފައިވާކަމަށް އެ ކުއްޖާ ބުނާ ކަމަށް ކޯޓުގައި ފުލުހުން ބުނެފައިނުވާ ކަމަށެވެ.
ވަކީލު އަހުމަދު ޝާންގެ ބަންދަށް 7 ދުވަސް ޖަހައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ