ގާސިމް ކޯޓުތެރެއަށް ވެއްޓިއްޖެ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ކޯޓުތެރެއަށް ވެއްޓިއްޖެއެވެ.
ގާސިމް ކޯޓު ތެރެއަށް ވެއްޓުނީ ގާސިމްގެ މައްޗަށް ދައުވާ ކުރަމުންދާ ރިޝްވަތު ހުށަހެޅުމުގެ ދައުވާގެ ހުލާސާ ބަޔާން އިއްވަން މެންދުރު ބޭއްވި އަޑުއެހުން ކުރިއަށް ދަނިކޮށެވެ.
ޖުމްހޫރީ ޕާޓީގެ އޮފިޝަލަަކު ވިދާޅުވި ގޮތުގައި ގާސިމް ވެއްޓުނީ ބޮލަށް އެނބުރުން އަރައިގެންނެވެ. ގާސިމް ވެއްޓުމުން އޭޑީކޭއަށް ގެންދިއުމަށް އެމްބިއުލާންސަށް އަރުވާފައިވަނީ ވެސް އެނދަކަށް ލައިގެންނެވެ.
ގާސިމް ކޯޓު ތެރެއަށް ވެއްޓުނު އިރު ދެ ފަހަރެއްގެ މަތިން ހާލުކޮޅު ސީރިއަސްވެ އޭޑީކޭގައި އެޑްމިޓުކޮށް ފަރުވާދީފައިވެއެވެ.
ގާސިމްގެ ހާލުކޮޅު ސީރިއަސްވެ ރާއްޖެއިން ބޭރަށް ގެންދިއުމަށް ވެސް މަސައްކަތްކޮށްފައިވެއެވެ. ނަމަވެސް ގާސިމް ގެ ޕާސްޕޯޓު ހިފަހައްޓާފައިވާތީ ގާސިމް ރާއްޖެއިން ބޭރަށް ގެންދެވޭ ގޮތްވަނީ ނުވެފައެވެ.
ގާސިމް ރާއްޖެއިން ބޭރަށް ގެންދިއުމަށް އޭޑީކޭއާއި އައިޖީއެމްއެޗުގައި ގާސިމް ބެއްލެވި ޑޮކްޓަރުން ވެސް ވަނީ ލަފާދީފައެވެ.
ގާސިމް އަނބުރައިގަނެގެން ވެއްޓުނު އިރު މިއަދު މެންދުރު ކުރިން ބޭއްވި އަޑުއެހުމުގައި ވަނީ ހެކި ބަސް ނަގައި ނިންމާފައެވެ. އަދި ގާސިމް ވެއްޓުނީ ހުލާސާ ބަޔާން އިއްވަން ތާވަލު ކުރި އަޑުއެހުމުގެ ތެރޭގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ