މިއަހަރުގެ ރަމަޟާންމަހު ކަރަންޓު މެދުކެނޑުމެއްނެތި ލިބޭނެކަމަށް އިސްލާމްއާބާދު ވޯޓަރ އެންޑު ޕަވަރ ދެވެލޮޕްމަންޓުން ބުނެފި

ލިޔުނީ: އައިޝާ މުނާޕާކިސްތާންގެ އިސްލާމްއާބާދުގައި ރައްޔެތުންނަށް މި ބަރަކާތްތެރި ރަމަޟާން މަހު ކަރަންޓުގެ ދަތިކަމެއް ނާންނެކަމަށް ވޯޓަރ އެންޑު ޕަވަރ ދެވެލޮޕްމަންޓުން އޯތޯރިޓީގެ ސެކްރެޓަރީ ވިދާޅުވެއްޖެއެވެ.ޕާލިމެންޓުގައި އިންނަވައިގެން މީޑިޔާއަށް މަޢުލޫމާތު ދެއްވަމުން އެނާ ވިދާޅުވީ މިދިއަހަރު ކަރަންޓު މެދުކަނޑާލަންޖެހުނީ ބޭނުން ކުރާ މިންވަރު ގިނަވެގެން ޖަނަރޭޓަރ ތަކަށް ލޯޑުބޮޑުވަތީ ކަމަށާއި އެ ޖަނަރޭޓަރުތަކަކީ އެހާ ހަކަތަ ހުރި އެއްޗަކަށް ނުވާތީކަމަށެވެ.ސެކްރެޓަރީ ވިދާޅުވީ މިއައަހަރު ލިބިފައިވާ ޖަނަރޭޓަރުތަކަކީ  851، 13 ހޯސްޕަވަރުގެ ޖަނަރޭޓަރު ތަކަކަމަށާއި ބޭނުންކުރާ އަދަދަށް ބަލާއިރު 788،17  ހޯސްޕަވަރު އަރާކަމަށެވެ. މިގޮތުން 4729 ވަރުއަދިވެސް މަދުވާކަމަށާއި މިހާރު މިކަމަވެސް ޙައްލެށް ހޯދަމަމުން ދާކަމަށެވެ. އަދި މިކަމުގެ ސަބަބުން އެރަށުގެ ހުރިހާ ރައްޔެތުންނަށް ވެސް އެއްވެސް ދަތިކަމެއް ނެތި ރަމަޟާލުން މަހު ކަރަންޓުގެ ޙިދުމަތް ލިބޭނެކަމަށެވެ. މީ އިސްލާމްއާބާދުގެ އެންމެހާ އަޚުންނާއި އުޚުތުންނަށް ލިބުނު އުފަވެރި ޚަބަރެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ