އިންޓަރ ސްކޫލް އެތުލެޓިކްސް މީޓް ކާމިޔާބުކަމާއެކު ނިންމާލައިފި

މައިލޯ 21 ވަނަ އިންޓަރ ސްކޫލް އެތުލެޓިކްސް މީޓް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.
މިއަހަރުގެ މުބާރާތް ކުރިއަށްދިޔައީ 3 އުމުފުރާއަކަށް ބަހާލައިގެން އަންހެން ފިރިހެން ވަކިންނެވެ.
މުބާރާތުގެ 13 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިން އެއްވަނަ ހދ. އަތޮޅު ތަޢުލީމީ މަރުކަޒު ހޯދިއިރު، މި އުމުރުފުރާގެ ފިރިހެން ކުދިންގެ ބައިން އެއްވަނަ ހޯދީ ހާފިޒު އަޙުމަދު ސްކޫލެވެ.
15 އަހަރުން ދަށުގެ އަންހެން ބައިގެ އެއްވަނަ ހާފިޒު އަހުމަދު ސްކޫލް ހޯދިއިރު، 15 އަހަރުން ދަށުގެ ފިރިހެން ބައިގެ އެއްވަނަ ހޯދީ ޏ. އަތޮޅު ތައުލީމީ މަރުކަޒެވެ. 17 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިން އެއްވަނަ ހޯދީ އައްޑޫ ހައި ސްކޫލެވެ. އަދި މި އުމުރުފުރާގެ ފިރިހެން ކުދިންގެ ބައިން އެއްވަނަ ހޯދީ ޏ. އަތޮޅު ތައުލީމީ މަރުކަޒެވެ.
މުބާރާތުގެ 13 އަހަރުން ދަށުގެ އަންހެން އެންމެ މޮޅު އެތުލީޓަކީ މަރަދޫފޭދޫ ސްކޫލްގެ އާއިޝަތު ޝައިމް ޢަޒީޒުއެވެ. މިއުމުރުފުރާގެ ފިރިހެން އެންމެ މޮޅު އެތުލީޓަކީ ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އަހުމަދު އީހަމް ހަމްޒާއެވެ.
15 އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އިބްރާހީމް ރާފިލް ވާފިރު ހޮވުނުއިރު، އަންހެން އެންމެ މޮޅު އެތުލީޓަކީ ޝަރަފުއްދީން ސްކޫލްގެ މަރްޔަމް އަލްހާ ހުސައިންއެވެ.
17 އަހަރުން ދަށުގެ ފިރިހެން އެންމެ މޮޅު އެތުލީޓަކީ އައްޑޫ ހައި ސްކޫލްގެ މުޖާހިރު ޒިޔާދު މުޙައްމަދެވެ. މި އުމުރުފުރާގެ އަންހެން އެންމެ މޮޅު އެތުލީޓަކީ އައްޑޫ ހައި ސްކޫލްގެ ޢާއިޝަތު ހިމްނާ ހަސަންއެވެ.
މިމަހުގެ 23 އިން 26 ގެ ނިޔަލަށް ކުރިއަށްދިޔަ މިމުބާރާތުގައި ރާއްޖޭގެ 25 ސްކޫލަކުން 67 ޓީމު ވަނީ ބައިވެރިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ