ލ.މާމެންދޫ ޕޮލިސް ސްޓޭޝަނުން ލ ކުނަހަންދޫގެ ގެތަކަށް ޒިޔާރަތްކޮށް ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ.
ފުލުހުން ބުނީ މި މާޗު މަހުގެ 24 ވަނަ ދުވަހު ހިންގި މި ޕްރޮގްރާމުގައި ފުލުހުންވަނީ ކުނަހަންދޫގައި މީހުން ދިރިއުޅޭ ހުރިހާ ގެއަކަށް ޒިޔާރަތްކޮށް އެކި އުމުރުފުރައިގެ މީހުންނާ ބައްދަލުކޮށް ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ތަފާތު މަޢުލޫމާތު ދީފައި ކަމަށެވެ.
“އެގޮތުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމުގެ އެޅިދާނެ ފިޔަވަޅުތަކާއި އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދީ މިފަދަ ކަންކަމަށް ސަމާލުވުމާއި އެފަދަ ކަމެއް ފާހަގަކުރެއްވިއްޖެނަމަ ޢަމަލު ކުރަންވީ ގޮތްތަކާއި ބެހޭގޮތުންވެސް މަޢުލޫމާތު ދީފައިވާނެ” ފުލުހުން ބުނެ އެވެ.
މީގެއިތުރުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ގުޅޭގޮތުންނާއި ރައްޔިތުން ފުލުހުންގެ ފަރާތުން ބޭނުންވާ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކޮށްފައި ވާކަމަށާއި މާމެންދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ކުނަހަންދޫގައި ދިރިއުޅޭ ރައްޔިތުންނާއި ފުލުހުންނާ ދެމެދު އޮތް ގުޅުން މިހާރަވުރެ ބަދަހިކޮށް ރަށުގެ އާންމު ހާލަތާއި އާންމު ހާލަތު ދެނެގަތުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމުގައިވެސް ފުލުހުން ހާމަކުރެ އެވެ.
ކުނަހަންދޫ ގެތަކަށް ފުލުހުން ޒިޔާރަތްކޮށް ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން މައުލޫމާތު ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ