ނޮޅިވަރަމް ދާއިރާގެ އަދާލަތު ޕާޓީގެ ޓިކެޓް މަދަނީ އަބްދުﷲ އަށް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ނޮޅިވަރަމް ދާއިރާގެ އަދާލަތު ޕާޓީގެ ޓިކެޓް އަބްދުﷲ މުހައްމަދު(މަދަނީ އަބްދުﷲ) އަށް ދީފިއެވެ.
މިދިޔަ ހަފްތާގައި އަދާލަތު ޕާޓީއަށް ސޮއިކުރި އަބްދުﷲ މުހައްމަދަށް ނޮޅިވަރަމް ދާއިރާގެ ޓިކެޓް ދޭން ނިންމީ ރޭ ބޭއްވި އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމެއްގައި ކަމަށް އެ ޕާޓީން ބުނެއެވެ.
އެޕާޓީން ބުނީ މަޝްވަރާ މަޖިލީހުގެ ޖަލްސާ އަށް ވަޑައިގެންނެވި 24 ބޭފުޅުންގެ ތެރެއިން 21 ބޭފުޅަކު އަބްދުﷲ އަށް ޓިކެޓް ދޭން ފެންނަ ކަމަށް ވޯޓްދެއްވި ކަމަށެވެ.
ބައެއް މީޑިއާތަކަށް މައުލޫމާތުދެއްވަމުން މަދަނީ އަބްދުﷲ ވިދާޅުވީ އަންނަ މަހުގެ 22 ގައި އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ނޮޅިވަރަމް ދާއިރާއަށް ކުރިމަތިލެއްވީ އެދާއިރާގެ ރައްޔިތުން އޭނާ ހޮވަން ބޭނުންވާތީ ކަމަށެވެ.
ނޮޅިވަރަމާއި ނޮޅިވަރަންފަރުގައި ކުރިއަށްގެންދިޔަ ޑޯޓްޑޯ ކެންޕޭންގެ 75 ޕަސެންޓް ނިމިފައިވާ ކަމަށާއި ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް މިހާރު އެނގިވަޑައިގެންފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސަރުކާރު ކޯލިޝަންގެ ފަރާތުން ނޮޅިވަރަމް ދާއިރާ އަށް ވާދަކުރަނީ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓު ހދ. ނޮޅިވަރަމް، ދިވެހި، ހުސައިން އަރީފެވެ. އެމްޑީޕީގެ ޓިކެޓުގައި އެ ދާއިރާ އަށް ވާދަކުރައްވަނީ މާލޭ ދަފްތަރު 1464 އުބައިދުﷲ މުއާޒެވ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ