ހިތަދޫ މެދު ދާއިރާގެ އިންތިޚާބުގެ ޝަރީއަތް އާދީއްތަ ދުވަހު ބާއްވަނީ

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ އިންތިޚާބު ބާތިލް ކުރުމަށް އެދި އެ ދާއިރާ އަށް ވާދަކުރެއްވި ޕީޕީއެމްގެ ކެންޑިޑޭޓު ހިޔަލީ މުހައްމަދު ރަޝީދު ހުށަހެޅުއްވި މައްސަލަ ހައިކޯޓުން ތާވަލްކޮށްފި އެވެ.
ހައިކޯޓުގެ އޮފިޝަލަކު ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ދައުވާކޮށް ހިޔަލީ މުހައްމަދު ރަޝީދު ހުށަހެޅުއްވި މައްސަލަ އާދީއްތަ ދުވަހުގެ 11:15 އަށް ތާވަލްކޮށްފައިވާ ކަމަށެވެ.
ހިތަދޫ މެދު ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފައި ވަނީ އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި ކުރީގެ ބްރިގޭޑިއާ ޖެނެރަލް އިބްރާހީމް މުހައްމަދުދީދީ އެވެ. އޭނާ އަށް 1099 ވޯޓު ލިބިވަޑައިގަތް އިރު ހިޔަލީ އަށް ލިބިވަޑައިގަތީ 898 ވޯޓެވެ. އަދި އަމިއްލަގޮތުން ވާދަކުރެއްވި ހުސައިން ސާލިހަށް ލިބިވަޑައިގަތީ 554 ވޯޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ