ސްޓެލްކޯގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑު މުހައްމަދު ރަޝީދާއި ޝަކޫރު އަދި ހިކަރީ އަހުމަދު އާދަމަށް

ކަރަންޓުގެ ހިދުމަތް ދިނުމުގައި ހާއްސަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ތިން ބޭފުޅަކަށް ސްޓެލްކޯގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑު ލިބިވަޑައިގެންފިއެވެ.
ކަރަންޓުގެ ހިދުމަތަށް 70 އަހަރު ފުރުމުގެ މުނާސަބަތުގައި ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާގައި އެ ބޭފުޅުންނަށް އެވޯޑު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.
03 މާޗް 2020، މާލެ، ރައީސް ސޯލިހު، ސްޓެލްކޯގެ ޗެއާމަން މުހައްމަދު ރަޝީދަށް އެކުންފުނީގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑު ހަވާލުކޮށްދެއްވަނީ -- ވަން ފޮޓޯ/ މުހައްމަދު ހައްޔާން
ލައިފްޓައިމް އެޗީވްމަންޓް އެވޯޑު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ ސްޓެލްކޯގެ ޗެއާމަން ގ. ދުވަރުސާ، މުހައްމަދު ރަޝީދާއި ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހ. މިޔަލަނި އަބްދުއްޝަކޫރު ސޯލިހު އަދި ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ ހ. ހިކަރީ އަހުމަދު އާދަމެވެ.
ލައިފްޓައިމް އެޗީވްމަންޓް އެވޯޑުގެ އިތުރުން ކަރަންޓުގެ ހިދުމަތް ދިނުމުގައި ފާއިތުވެދިޔަ 70 އަހަރުގެ ތެރޭގައި 35 އަހަރަށްވުރެ ދިގު މުއްދަތަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން އެ ސިނާއަތަށް ހިދުމަތްކޮށްދެއްވާފައިވާ 21 ބޭފުޅަކަށް ވަނީ ޕްލެޓިނަމް އެވޯޑު ލިބިވަޑައިގެންފައެވެ. އެ ބޭފުޅުންނަކީ؛
މުހައްމަދު ހަސަން، މ. ދިޔަނެރުމުހައްމަދު މަނިކު، ހ. ގޯލްޑްލައިޓްހަސަން އާދަމް، މ. ނާގޯށިވިލާމުހައްމަދު ޝަކީބު، މ. ވެސްޓް ސައިޑްއަހުމަދު ޔޫސުފް މަނިކު، މ. ރޭޝަމްހަސަން ވަހީދު، މ. މެލޯޑިއަމްއިބްރާހިމް ޒާހިރު، ގ. ބީޓްރޫޓުގެއަބްދުއްރަހީމް ހަސަން، އާޝާމް، ކ. ތުލުސްދޫމުހައްމަދު ހާދީ، ލިލީމާގެ، ހދ. ނޮޅިވަރަންފަރުހަސަން ހުސައިން، ދަފްތަރު ނަންބަރު 1007މުހައްމަދު ރަޝީދު އަބްދުﷲ، މ. ފެއަރީވިލާ ދެކުނުބައިހަސަން އާމިރު، ގ. ރަންދެރިގެއައިޝަތު މައުސޫމާ، މ. ލުނބޯގަސްދޮށުގެއަހުމަދު މަނިކު، މ. ސުތުލިމާގެއަހުމަދު ހަސަން، ހ. ޝެލް ފްލާވާހަސަން ފައުޒީ، އާދަރާގެ، ކ. ތުލުސްދޫއަހުމަދު ރާޝިދު، ހެނދަވަރު، ކ. ތުލުސްދޫމުހައްމަދު ރަޝީދު، މ. ފެހިގެއަލީ އަހުމަދު، މއ. އެލްޕައިންހައްވާ ޒާހިރާ، ދަފްތަރު ނަންބަރު 1331މުހައްމަދު ޝާހިދު، މ. ހީނާމާގަލާ
އޭގެ އިތުރުން ފަސް ބޭފުޅަކަށް ވަނީ ސްޕެޝަލް ރިކޮގްނިޝަން އެވޯޑު ލިބިވަޑައިގެންފައެވެ. އެ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ މއ. ގުލާބީހިޔާ، އިބްރާހިމް އާތިފާއި ގ. އާބިން، އިބްރާހިމް ހަސަނާއި މ. ފީރޯޒްވިލާ، އަހުމަދު ސަމީރާއި މ. މާޑު، މުހައްމަދު ރަޝީދު އަދި އދ. ފެންފުށި، މީނާޒް، ޑރ ޒައިދު މުހައްމަދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ