ހދ. ނޮޅިވަރަމްގައި ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށް އެރަށަށް އިންޖީނެއް ގެންގޮސްފި

ހދ. ނޮޅިވަރަމްގައި ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށް އެރަށަށް އިންޖީނެއް ގެންގޮސްފިއެވެ.ޗެނަލް ތަރޓީންއަށް މައުލޫމާތު ދެއްވަމުން ނޮޅިވަރަމް ކައުންސިލްގެ ނައިބް ރައީސް އަހުމަދު ރަޝީދު ވިދާޅުވީ އެރަށުގެ ކަރަންޓްގެ ހާލަތު ރަނގަޅުކުރުމަށް ފަސްސަތޭކަ ކިލޯވޮޓްގެ އިންޖީނެއް އެރަށަށް ގެންގޮސްފައިވާކަމަށެވެ. އަހުމަދު ރަޝީދު ވިދާޅުވީ ޖަނަރޭޓަރސެޓް މިހާރު އިންޖީނުގެއަށް ގެންގޮސް އިންސްޓޯލްކުުރުމުގެ މަސައްކަތް ކުރަމުންދާކަމަށާއި އަދި އެމަސައްކަތް ވަރަށް އަވަހަށް ނިންމާލެވޭނެކަމަށެވެ. އޭނާ ވިދާޅުވީ އެރަށަކީ މިހާރު ދޭތެރެ ދޭތެރެއިން ކަރަންޓުގެ ދަތިކަން ކުރިމަތިވާ ރަށެއްކަމަށާއި، މި ޖަނަރޭޓަރ ސެޓް އެރަށަށް ލިބިގެން ގޮސްފައިވަނީ އެންމެ ބޭނުންވެފައި ތިބި ދަނޑިވަޅުގައިކަމަށެވެ. އަދި އިންޖީނު އިންސޯލްޓްކޮށް ނިމި ޚިދުމަތް ދެވެން ފެށުމުން ކަރަންޓްގެ މައްސަލަ ދިމާ ނުވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.ދިވެހި ރައްޔިތުންނަށް ސައުވީސް ގަޑިއިރު ކަރަންޓް ޔަޤީންކޮށްދިނުމަށް ސަރުކާރުން ކުރަމުންގެންދަވާ މަސައްކަތުގެ ތެރެއިން މިހާރުވެސް ގިނަ އަދަދެއްގެ ރައްތަކަށްވަނީ ޖަނަރޭޓަރ ސެޓް ފޮނުވާފައެވެ. އަދި މީގެ އިތުރުން ރަށްރަށުގައި އަޅާފައިވާ އިންޖީނުގެ ތައް މަރާމާތުކޮށް ޒަމާނީ ފެންވަރުގެ އިންޖީނުތައް އަތޮޅުތެރޭގައި ޤާއިމްކުރުމަށް ސަރުކާރުން ދަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ