އިންޓަ ސްކޫލް އެތުލެޓިކްސް މީޓް ފުވައްމުލަކުގައި ފަށައިފި

މައިލޯ 21 ވަނަ އިންޓަ ސްކޫލް އެތުލެޓިކްސް މީޓް މިއަދު ފުވައްމުލަކުގައި ފަށައިފި އެވެ.
މިމަހުގެ 23 އިން 26 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގައި ރާއްޖޭގެ 25 ސްކޫލަކުން 67 ޓީމް ވަނީ ބައިވެފައެވެ.
އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މުންތަގިމް ވިދާޅުވީ މިއަހަރުގެ މުބާރާތް ކުރިޔަށްދާނީ ތިން އުމުފުރުރާގެ އަންހެން ފިރިހެން ވަކިން ކަމަށެވެ. އަދި މުބާރާތުގެ ޢުމުރުފުރާތަކަކީ 13އަހަރުންދަށް ފިރިހެން، 13 އަހަރުންދަށް އަންހެން، 15އަހަރުންދަށް ފިރިހެން، 15އަހަރުންދަށް އަންހެން، 17އަހަރުންދަށް ފިރިހެން އަދި 17 އަހަރުންދަށުގެ އަންހެން އުމުރުފުރާ ކަމަށް ވެސް މުންތަގިމް ވިދާޅުވި އެވެ.
މުބާރާތުގައި ބައިވެރިވެފައިވާ ސްކޫލްތަކަކީ ހދ. އަތޮޅު ތަޢުލީމީ މަރުކަޒު، އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް، އަމީނިއްޔާ ސްކޫލް، ބިލަބޮންގހައި އިންޓަރނޭޝަނަލް ސްކޫލް، ދަރުމަވަންތަ ސްކޫލް، ޖަމާލުއްދީން ސްކޫލް، ތާޖުއްދީން ސްކޫލް، ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް، ދ. އަތޮޅު މަދަރުސާ، މާމެންދޫ ސްކޫލް، ދާންދޫ ސްކޫލް، ގެމަނަފުށި ސްކޫލް، އަބޫބަކުރު ސްކޫލް، ގދ. އަތޮޅު ތަޢުލީމީ މަރުކަޒު، ތިނަދޫ ސްކޫލް، ފުވައްމުލަކު ސްކޫލް، ޏ. އަތޮޅު ތަޢުލީމީ މަރުކަޒު، ހާފިޒް އަޙްމަދު ސްކޫލް، މުޙައްމަދު ޖަމާލުއްދީން ސްކޫލް، އައްޑޫ ހައި ސްކޫލް، ހިތަދޫ ސްކޫލް، އިރުޝާދިއްޔާ ސްކޫލް، ކެންގަރޫ ކިޑްސް ހުސައިނިއްޔާ ޕްރީ ޕްރައިމަރީ އިންޓަރނޭޝަނަލް ސްކޫލް، މަރަދޫ ފޭދޫ ސްކޫލް، މަރަދޫ ސްކޫލް އަދި ޝަރަފުއްދީން ސްކޫލެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ