ސެލިންކޯގެ ތަރޑް ޕާޓީ މޮޓޯ އިންޝިއުރެންސް: ފައިސާ ދައްކާ ފަރާތުގެ ޝަކުވާތަކަށް ހައްލެއް!

ސެލިންކޯ އިން ތަރޑް ޕަޓީ މޮޓޯ އިންޝިއުރެންސްގެ އާ ޕްރޮޑަކްޓެއް ތައާރަފްކޮށްފި އެވެ
ސެލިންކޯގެ ސީނިއަރ މާކެޓިންގް އެކްޒެކެޓިވް، މުއާހިދު މުޖްތަބާ ވިދާޅުވީ، ކުރިން އިންނަ ތަރޑް ޕާޓީ އިންޝިއުރެންސް ސްކީމުތަކުގައި ހަމައެކަނި ކަވަރޭޖް ލިބިގެންދަނީ ތިން ވަނަ ފަރާތައް ކަމަށާއި ފައިސާ ދައްކާ ފަރާތަކަށް އެއްވެސް ބެނިފިޓެއް ނުލިބޭ ކަމަށެވެ. އެގޮތުން އަލަށް ތައާރަފް ކުރެވުނު ޕްރޮޑަކްޓްގައި ވެހިކަލްގެ ވެރިފަރާތައްވެސް ކަވަރޭޖު ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި އިންޝިއުރެންސް ސްކީމަށް އިތުރު ޗާޖެއް ދައްކަންޖެހޭނެ ކަމަށާއި އެގޮތުން ސައިކަލް ދުއްވާ ފަރާތްތަކުން ދައްކަން ޖެހޭނީ 30ރ. ކަމަށް މުއާހިދު ވިދާޅުވި އެވެ.
"ސައިކަލްގެ ވެރިންނަށް އިންނާނީ ހަމައެކަނި 30ރ. ގެ ޗާޖެއް. މީގެ އިން ލިބޭ ބެނިފިޓް ތަކަކީ 10000ރ. ގެ ހެލްތް އިންޝިއުރެންސް އެއް ލިބިގެންދާނެ ބޮޑެތި ހުރިހާ ބަލިތަކަށް. އޭގެ އިތުރަށް ލިބޭ އަނެއް ފައިދާއަކީ ސައިކަލް ޓޯޓަލް ލޮސްއަކަށް ދިއަކީ އެކްސިޑެންޓެއްގެ ސަބަބުން. އެފަދަ ހާލާތެއްގައި އޭރު މާކެޓުން ސައިކަލް ލިބޭ އަގު ކްލެއިމް ކުރުމުގެ ފުރުސަތު އޮންނާނެ." މުއާހިދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ސައިކަލް ނޫން އެހެން ވެހިކަލްތައް ކަމުގައިވާ ޕްރައިވެޓް ކާރު އިންޝިއުރެންސް ކުރައްވާ ފަރާތްތަކަށް އެއް ލައްކަ ރުފިޔާގެ ހެލްތް ކަވަރޭޖެއް ލިބިގެންދާނެ ކަމަށާއި އަލަށް ހައްދާ ހުރިހާ ތަރޑް ޕާޓީ އާއި މޮޓޯ ކޮމްޕްރިހެންސިވް އިންޝިއުރެންސް އަދި ކުރިން ހައްދާފައިވާ ޕޮލިސީ އާކުރާ ދުވަހުން ފެށިގެންވެސް މި ޕެކޭޖް ލިބިގެންދާނެ ކަމަށެވެ.
މި އިންޝިއުރެންސްގެ ތެރެއިން ބޮޑެތި ބަތިލަކަށް ފަރުވާ ލިބޭ އިރު ހިތުގެ ބަލިތަކާއި ކެންސަރ އާއި ސްޓްރޯކް އަދި ކިޑްނީގެ ބަލިތައްވެސް ކަވަރޭޖް ލިބިގެންދާނެ ކަމަށް މުއާހިދު ވިދާޅުވި އެވެ. އެހެން ކަމުން އިންޝިއުރެންސް ނަގާ ފަރާތްތަކަށް ބޮޑު ފައިދާއެއް ލިބިގެންދާނެ ފަދަ ގޮތަކަށް ތައްޔާރުކޮށްފައިވާ ޕްރޮޑަކްޓެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަރަށް ބައިވަރު ފަރާތްތަކުގެ ޝަކުވާއެއް އެއްވެސް ކަހަލަ ބެނިފިޓެއް އެކްސިޑެންޓް ވުމުން އިންޝިއުރެންސް ނަގާ ފަރާތައް ނުލިބުން. ހަމައެކަނި އެކްސިޑެންޓްވީމަ ތިންވަނަ ފަރާތައް އިންނަ ގެއްލުމެކޭ ކަވަރ ކުރަނީ. އެކަމަށް އަޅުގަނޑުމެން ތައާރަފްކުރި އިންޝިއުރެންސް ޕްރޮޑަކްޓެއް މިއީ." މުއާހިދު ވިދާޅުވި އެވެ.
މިހާރުވެސް ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށާއި ސެލިންކޯގެ އޮފީހަށް ވަޑައިގެން ރެޖިސްޓްރޭޝަންގެ ކަންކަން ކުރުމުގެ އިންތިހާޒުތައް ހަމަޖެހިފައިވާ ކަމަށް މުއާހިދު ވިދާލުވި އެވެ.  
ސެލިންކޯ އިން އަލަށް ތައާރަފްކޮއްފައިވާ ތަރޑް ޕާޓީ އިންޝިއުރެންސްގެ އަގަކީ 205ރ. އެވެ. އަދި ޕްރައިވެޓް ކާރެއް ނަމަ 1050ރ. ދައްކާލައިގެން މި އިންޝިއުރެންސް ޕެކޭޖުގައި ބައިވެރިވެވޭނެ އެވެ.
ސެލިންކޯ އިންޝިއުރެންސް ކުންފުނިން އަންނަނީ މޮޓޯ އިންޝިއުރެންސް އާއި ހެލްތް އިންޝިއުރެންސް އާއި ޓްރެވެލް އިންޝިއުރެންސް އާއި ފަޔަރ އަދިވެސް ގިނަ އިންޝިއުރެންސް ޕްރޮޑަކްޓްތަކެއް ދޫކުރަމުންނެވެ.
 
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ