ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ކަސްޓަމަރުންނަށް އެސްއެމްއެސްއާއި ވައިބަރ ގެ ޒަރިންޔާއިން މެސެޖްކޮށް އޮޅުވާލައިގެން ފައިސާ ހޯދުމަށް މަސައްކަތް ކުރަމުންދާތީ އެކަމަށް ރައްކާތެރިވުމަށް ބޭންކުން ކަސްޓަމަރުންނަށް އިލްތިމާސް ކޮށްފިއެވެ.
ބީއެމްއެލްއިން ބުނީ ކަސްޓަމަރުންނަށް އެސްއެމްއެސްއާއި ވައިބަރގެ ޒަރިއްޔާއިން މެސެޖްތައް ފޮނުވަމުން ގެންދަނީ ބީއެމްއެލްގެ ނަމުގައި ކަމުގައެވެ.pic.twitter.com/rb5g2fxxIR— Bank of Maldives (@bankofmaldives) July 10, 2018ނަމަވެސް އެކަން ކުރަނީ ކަސްޓަމަރުންނަށް އޮޅުވާލައިގެން ފައިސާ ހޯދާ ފަރާތްތަކަކުން ކަމަށާއި، އެކި އެކި އެޕްލިކޭޝަންތައް މެދުވެރިކޮށް އެ ފަރާތުން މެސެޖް ފޮނުވަނީވެސް މެސެޖް ލިބޭ ފަރާތްތަކަށް އެ މެސެޖަކީ ބީއެމްއެލްގެ މެސެޖެއް ނުވަތަ ބީއެމްއެލްއާއި ގުޅުންހުރި ނަމްބަރެއްކަމަށް ފެންނަ ގޮތަށް ކަމަށްވެސް އެބޭންކުން ބުނެއެވެ.
"ބޭންކް އޮފް މޯލްޑިވްސްއިން އީމެއިލް، އެސްއެމްއެސް ނުވަތަ ފޯން ކޯލް މެދުވެރިކޮށް ކާޑު ނަމްބަރު، ސީވީސީ ކޯޑް، ކާޑްގެ މުއްދަތު ހަމަވާ ތާރީހް އަދި އޯޕީޓީ މައުލޫމާތު އޮޅުން ފިލުވުމަށް އެއްވެސް ކަސްޓަމަރަކަށް ނުގުޅާނެ އެވެ. އަޅުގަނޑުމެންގެ އިލްތިމާސްއަކީ މިފަދަ ކޯލް އަދި މެސެޖްތަކަށް ޖަވާބު ނުދެއްވުމެވެ" ބީއެމްއެލްއިން ބުނެފައި ވެއެވެ.
މީގެ އިތުރުން ބީއެމްއެލްއިން ބުނީ ކާޑްގެ މައުލޫމާތު ހޯދުމަށް އެ ބޭންކުން އެއްވެސް ކަސްޓަމަރަކަށް ނުގުޅާނެ ކަމަށާއި، މައުލޫމާތު ހޯދަނީ ބޭންކުން ކަމުގައި ކަސްޓަމަރަކަށް ހީވި ނަމަވެސް ކާޑްގެ އެއްވެސް މައުލޫމާތެއް ނުދިނުމަށް ބޭންކުން އިލްތިމާސް ކުރެއެވެ.
އޮޅުވާލައިގެން ފައިސާ ހޯދާތީ ރައްކާތެރިވުމަށް ބީއެމްއެލްއިން އިލްތިމާސް ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ