މައުމޫނު ފުލުހަށް ހާޒިރުކޮށްފި

ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ހޯދާފައިވާ ހެކި ތަކަކާއި ބެހޭ ގޮތުން ދޮގު މައުލޫމާތުތަކެއް މީޑީއާއަށް ދިން ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ގާނޫނީ ވަކީލު އަދި ރައީސް މައުމޫނަށް ބޮޑުބޭބެ ވިދާޅުވާ މައުމޫން ހަމީދު ފުލުސް އޮފީހަށް ހާޒިރުކޮށްފިއެވެ.
މިމައްސަލާގައި މައުމޫނު ހަމީދު ފުލުސް އޮފީހަށް ހާޒިރުކޮށްފައިވަނީ އިއްޔެ މެންދުރު ފަހުއެވެ.
މައުމޫނު ހަމީދު ފުލުސް އޮފީހަށް ހާޒިރު ކުރުމަށްފަހު، ބަޔާނެއް ނެގުމުގެ އިތުރުން އަޑުގެ ސާމްޕަލްވެސްވަނީ ނަގާފައެވެ.
ލުހުން ހޯދާފައިވާ ހެކިތަކަކާއި ބެހޭ ގޮތުން ދޮގު މައުލޫމާތު ދިން ކަމަށް މައުމޫން ހަމީދުގެ މައްޗަށް ތުހުމަތު ކުރަނީ ފެބުރުއަރީ މަހުގެ 13 ވަނަ ދުވަހު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ގާނޫނީ ވަކީލުންގެ ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެއްކެވި ވާހަކަތަކަކައި ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ