ޖަލު މުވައްޒަފެއްގެ މޫނަށް ނަޝީދު ވަނީ ކުޅުޖަހާފައި: އުމަރު

މާފުށީ ޖަލުގައި 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖަލުގެ އޮފިސަރެއްގެ މޫނަށް ކުޅުޖަހާފައިވާ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވި އެވެ.
މިނިސްޓަރު އުމަރު މިކަން ހާމަކުރެއްވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.
އުމަރު ވިދާޅުވީ ޖަލުގެ އޮފިސަރެއްގެ މޫނަށް ރައީސް ނަޝީދު ކުޅުޖެހީ މިއަދު ކަމަށާއި އެ އަމަލު ކުށްވެރިކުރައްވާ ކަމަށެވެ. އަދި ޖަލުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އިހްތިރާމް ކުރުމަށްވެސް މިިނިސްޓަރު އުމަރު ވަނީ ރައީސް ނަޝީދަށް އިލްތިމާސް ކުރައްވާފަ އެވެ.
އުމަރުގެ ތުހުމަތާ ގުޅިގެން ނަޝީދުގެ ފަރާތުން އަދި ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.
ރައީސް ނަޝީދުގެ މައްޗަށް އުފުލުނު ޓެރަރިޒަމްގެ ކުށް ސާބިތުވެ އެމަނިކުފާނު 13 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރީ 13 މާޗް 2015 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ