މަސްތުވާތަކެއްޗާއި ގިނަ ޢަދަދެއްގެ ފައިސާ އާއިއެކު 17 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފި

ރ. މަޑުއްވަރީގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއި ގިނަ ޢަދަދެއްގެ ފައިސާތަކަކާއެކު 17 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފިއެވެ.
މި ކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ފުލުހުންގެ އިންޓެލިޖެންސާއި އުނގޫފާރު ޕޮލިސް ސްޓޭޝަނާއި މީދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނުގައި އިއްޔެ ހެނދުނު 07:00 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން މި ކުއްޖާ ދިރިއުޅެމުންދާ ގެ ބަލައިފާސްކުރިކުރުމުން އެގޭ ތެރެއިން މަސްތުވާތަކެތިކަމަށ ޝައްކުކުރެވޭ އެއްޗެއްހުރި 4 ރަބަރު ޕެކެޓާއި -/19505 ރުފިޔާ ފެނިފައިވާ ކަމަށާއި މީގެއިތުރުންވެސް އެގޭތެރެއިން އަންގިއަކާއި ތޫނު ހަތިޔާރުގޮތުގައި ބޭނުންކުރެވޭ ޒާތުގެ ވަޅިތަކެއް ވެސް ފެނިފައިވާ ކަމަށެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ކުއްޖާގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި އުނގޫފާރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒްއިން ކަނޑައަޅާތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީޤް ކުރިއަށް ގެންދިޔުމަށް 10 ދުވަހުގެ މުއްދަތެއް ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ