ދިވެހި ރައްޔިތުންނަށް ސަރުކާރުން ކުރަމުން ގެންދާ އަނިޔާތަކާއި ދެކޮޅަށް ނިކުތުމުން ސަރުކާރާއި ސަލާމަތީ ފަރާތްތަކުން ދައްކަމުންދާ ބިރަށް ރައްޔިތުން ފަހަތަށް ނުޖެހޭނެ ކަމަށް އަދާލަތު ޕާޓީގެ ރިސާޗް ކޮމިޓީގެ މެންބަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.
"އަނިޔާ އާއި ދެކޮޅަށް ދިވެހީން" ގެ ނަމުގައި ރޭ އާޓިފިޝަލް ބީޗްގައި ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޖެންޑާ މިނިސްޓްރީގެ ޑިޕިޔުޓީ މިނިސްޓަރުކަމުން އިސްތިއުފާ ދެއްވާފައިވާ ޝިދާތާ ޝަރީފް ވިދާޅުވީ ހުކުރު ދުވަހުގެ ބޮޑު އެއްވުމުގެ ބައިވެރިން ދައްކައިދިނީ އެމީހުންނަކީ ސަރުކާރުން ދައްކާ ބިރަށް މާޔޫސްވެ ބިރުން ފަަސްޖެހޭނެ ބައެއް ނޫންކަން ކަމަށެވެ.
ޝިދާތާ ވިދާޅުވީ ހުކުރު ދުވަހުގެ ބޮޑު އެއްވުމަކީ ވަރަށް ކާމިޔާބު އެއްވުމެއް ކަމަށާއި އެ އެއްވުމުން ސަރުކަރާއި މެދު ދިވެހި ރައްޔިތުން ތިބިގޮތް ވަރަށް ރަނގަޅަށް ހާމަވެގެން ގޮސްފައިވާ ކަމަށެވެ.
"ހުކުރު ދުވަހުގެ އެއްވުމުން އެނގިގެން ދިއައީ ދިވެހި ރައްޔިތުންނަކީ މިސަރުކާރުން ދައްކާ ބިރަށް ފަސްޖެހޭނެ ބައެއް ނޫންކަން. އަދި ރައްޔިތުން ނުކުމެ ކިތަންމެ ބޮޑު ގުރްބާނީއެއް ވެގެން ނަަމަވެސް މިސަރުކާރުގެ އަނިޔާވެރިކަން ނިންމާނެކަން އެ އެއްވުމުން ވަރަށް ރަނގަޅަށް އެނގިގެން ހިނގައްޖެ،" ޝިދާތާ ވިދާޅުވި އެވެ.
ޝިދާތާ އިތުރަށް ވިދާޅުވީ މާތްﷲ ގެ މަގުގައި ސާބިތުވެ ތިބުން މުހިންމު ކަމަށާއި އެމީހަކު އެދޭހައި ގޮތަކަށް ކަންކަން ކާމިޔާބު ނުވުމަކީ މާޔޫސްވާންޖެހެންވީ ސަބަބެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ މާތްﷲ މީސްތަކުން އިމްތިހާނު ކުރައްވަވާނެ ކަމަށާއި އޮތީ ސާބިތުކަމާއިއެކު ދެމިތިބުން ކަމަށެވެ.
ޝިދާތާ ވިދާޅުވީ މިސަރުކާރުން އެންމެ ބޮޑަށް ކުރަމުން ގެންދާ މަސައްކަތަކީ އެއްވެ އުޅުމުގެ ހައްގުތައް ހަނިކުރުމުގެ މަސައްކަތް ކަމަށާއި ނަމަވެސް އެކަން ދިވެހި ރައްޔިތުން ގަބޫލުނުކުރާނެ ކަމަށެވެ.
ސަރުކާރުން ދައްކާ ބިރުތަކަށް ރައްޔިތުން ފަހަތަކަށް ނުޖެހޭނެ: ޝިދާތާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ